އަޅުގަނޑުގެ ވެރިކަމެއްގައި ކުދި ވިޔަފާރިތައް ހުރިހާ ޓެކްސް އަކުން މިންޖު ކުރެވޭނެ - އުމަރު

ރާއްޖެގެ ރައީސްކަމުގެ މަގާމަށް އަތުވެއްޖެނަމަ، ކުދި ވިޔަފާރިތައް ހުރިހާ ޓެކްސް އަކުން އިސްތިސްނާކޮށްދެއްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު ގެންދަވަނީ އޭނާގެ ވެރިކަމެއްގައި ކޮށްދެއްވާނެ ގިނަ ކަންކަން އާއްމު ކުރައްވަމުންނެވެ.
މީސް މީޑިއާގެ ޕްލެޓްފޯމްތަކުގައި އޭނާ ކެމްޕޭންތައް ކުރަމުންދާއިރު، ،އުމަރު މިއަދު ވިދާޅުވީ ޓެކްސްތައް ކުޑަކުރެވުނު ވަރަކަށް އިގްތިސާދީ ހަރަކާތް އިތުރުވެ ވަޒީފާތައް އިތުރުވެގެންދާނެ ކަމަށެވެ.
އޭނާ މިގޮަތަށް ހާމަކޮށް އާއްމު ކުރި ފޮޓޯގައި ކުދި ވިޔަފާރީގެ ގޮތުގައި ކަނޑައަޅާފައިވާ ވިޔަފާރިތަކަކީ ސައިހޮޓާތަކާއި، ނާލު ބޯޓު ފަހަރުތަކާއި ގާޑިއާ ފަދަ ތަންތަނާއި، ކުދި ފިހާރަތަކެވެ
"އެހެންކަމުން އަޅުގަނޑުގެ ސަރުކާރެއްގައި، ޓެކްސް ނަގަން ފަށާ އެންމެ ކުޑަ މިންވަރު 3 މިލިއަން ރުފިޔާ އަށް ބަދަލުކޮށް، ކުދި ވިޔަފާރިތައް ހުރިހާ ޓެކްސް އަކުން މިންޖު ކުރެވޭނެ"، އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ