ވެލިދޫ ކަރަންޓު މައްސަލައަށް ހައްލެއް ގެންނަން 800 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންގޮސްފި

ނ. ވެލިދޫއަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ހައްލެއް ގެނައުމަށް އެރަށަށް އިތުރު އާ ޖަނަރޭޓަރެއް ގެންގޮސްފި އެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ، އާބާދީގައި 2600 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ވެލިދޫގެ ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ހިދުމަތެއް ނުދެވި، އެކަމުގެ ތަކުލީފު ރައްޔިތުން އުފުލަން ޖެހިފައިވާ ކަމަށެވެ. އެގޮތުން އިލެކްޓްރޯނިކް ސާމާނު ހަލާކުވުމާއި ރަށުން ކަރަންޓު ކެނޑުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށް ބުންޏެވެ.
ވެލިދޫ ފެނަކަ ބުރާންޗުން ބުނީ، އާ ޖަނަރޭޓަރުގެ ސަބަބުން ރަށުގެ ކަރަންޓުގެ މައްސަލައަށް ބޮޑުތަނުން ރަނގަޅު ކުރެވި، ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ދެވޭނެ ކަމަށެވެ. އަދި އާ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ބުންޏެވެ.
ފެނަކައިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް ފެނާއި ކަރަންޓާއި ނަރުދަމާގެ ފުރިހަމަ ހިދުމަތްތެއް ދިނުމަށް ގިނަގުނަ މަސައްކަތްތަކެއްކޮށް، އެކަން ޔަގީން ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ