ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށްގެން ފައިސާ ހޯދާ މައްސަލަތަކެއް ތަހުގީގުކުރަނީ

ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށްގެން އެކި މީހުންގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލަތަކެއް ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ. އެ ފަރާތްތަކުން މީހުންގެ ސޯޝަލް މީޑިއާ ހެކްކުރުމަށްފަހު އެ އެކައުންޓްގެ ވެރިފަރާތުގެ ނަމުގައި އެހެން މީހުންގެ އަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް މިފަހުން ވަނީ ސޯޝަލް މީޑިއާގައިވެސް އާންމުވެފައެވެ. ފުލުހުން ބުނިގޮތުގައި އޮޅުވާލައިގެން ފައިސާ ޖަމާކުރަން އެމީހުން ބޭނުންކުރާ އެކައުންޓްތަކެއް ހުރެއެވެ. އެ އެކައުންޓު ތަކުގެ ތެރެއިން ތިރީގައި މިވާ އެކައުންޓުތައް ފާހަގަ ކުރެވޭކަމަށް ފުލުހުން ބުންޏެވެ. 7730000304660 7730000089422 7730000042772 7730000364429 7730000203888 7770000000544 ފޭސްބުކް ފަދަ ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ނުވަތަ އެހެންވެސް ގޮތަކަށް މަތީގައިވާ އެކައުންޓަކަށް ނުވަތަ އެކައުންޓުތަކަކަށް ފައިސާ ޖަމާކުރެވިފައިވާ ނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ނޫސްބަޔާނެއްގައި އެދިފައެވެ. އަދި މިފަދަ ކުށްތައް ތަހުގީގު ކުރުމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ޝުކުރުވެރިވާކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ