އިތުރު 6 ރަށެއްގައި ކޮވިޑު-19 ފެތުރޭތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު މޮނިޓަރިންގެ ހާތަލަށް ގެނެސްފައިވާ ރަށްތަކަކީ:
ގޮއިދޫން 46 މީހުން ޕޮޒިޓިވްވެފައިވާއިރު އެރަށުގައި ކޮވިޑު ފެތުރެން ފެށީ ސްކޫލު ޗުއްޓީއާ ދިމާކޮށް، ރަށަށް އަރައި ފައިބާ މީހުން އިތުރުވުމުން ކަމަށް ބެލެވޭ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ. އެރަށުގެ ސިއްހީ މަރުކަރުގެ ގިނަ ބަޔަކު ޕޮޒިޓިވްވެފައި ވާއިރު، ސްކޫލުންވެސް 10 ޓީޗަރަކު ޕޮޒިޓިވްވެފައިވާ ކަމަށް މައުލޫމާދު ދެއެވެ.
ކުޅުދުއްފުށީގައި 181 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާއިރު، އޭގެ ތެރެއިން 107 މީހުންނަނީ ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި ފަހަގަ ވެގެން ޓެސްޓު ކުރި މީހުންނެވެ. އަދި ފްލޫ ކްލިނިކަށް ދެއްކި 50 މީހަކު ޕޮޒިޓިވްވެފައި ވާއިރު، އެ ސިޓީން ނެގި ރޭންޑަމް ސާމްޕަލްތަކުގެ ތެރެއިން 23 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ކުރެންދޫއިން 38 މީހަކު ޕޮޒިޓިވްވެފައިވާއިރު، 200 ސާމްޕަލެއްގެ ނަތީޖާ އަދިވެސް ނުލިބެއެވެ. އެރަށު ކައުންސިލުން ބުނީ ރަށުތެރޭގައި ބަލި ފެތުުރުނީ ދަތުރުކޮށްފައި ރަށަށް ދިޔަ މީހުންގެ ފަރާތުން ކަމަށް ބެލެވޭ ކަމަށެވެ.
ދަނބިދޫއިން 16 މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު، ރަށު ތެރޭގައި ބަލި ފެތުރެމުން ދާކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ.
ހިތަދޫ މިނިޓަރިންގެ ހާލަތަށް ގެނައުމާ ގުޅުގެން އެރަށު ކައުންސިލުން ބުނީ ރަށުތެރޭގައި ވަރަށް ބޮޑަށް ބަލި ފެތުރެމުންދާ ކަމަށް ބެލެވޭ ކަމަށާއި ގިނަ ގެތައް ކަރަންޓީނުކޮށްފައިވާ ކަމަށެވެ. އަދި އެރަށުގައި އުޅެނީ އެންމެ ކްލަސްޓާއެއް ނޫން ކަމަށާއި ވަކި ވަކި ގިނަ ކްލަސްޓާތަކެއް އުޅޭކަމަށް ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ.
ކެޔޮދޫއިން 51 މީހުން މިހާރު ބައްޔަށް ފަރުވާ ހޯދަމުން ދެއެވެ. އޭގެ ތެރޭގައި ގިނައީ ޑައިރެކްޓް ކޮންޓެކްޓުން ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ.
މިއަދު އެކަނިވެސް 6 ރަށެއް މޮނިޓަރިންގެ ހާލަތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ