ފަލަސްތީނުގެ ހައްގުގައި ދިވެހިން ކުރާ މަސައްކަތައް ޝުކުރުވެރިވެ އެގައުމުގެ ރައްޔިތުން ދިވެހި ދިދަ ވިހުރާލައިފި

ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މައިދާނުގަޔާއި އެހެނިހެން ގޮތްގޮތުން ދިވެހިން ކުރާ ވަކާލާތް އެގައުމުގެ ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގެންފިއެވެ.
މިކަން ހާމަވެގެންދަނީ ފަލަސްތީނުގެ ގާޒާގައި އިއްޔެ އިސްރާއިލާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި އެގައުމުގެ ރައްޔިތުން ދިވެހިރާއްޖޭގެ ދިދަ ވިހުރުވާލައިފައި ވާ ފޮޓޯތަކެއް އާންމުވުމާ ގުޅިގެންނެވެ. އަދި އެ ފޮޓޮލާއި އެކު ފޭސްބުކް ގައި "ފްރެންޑްސް އޮފް ފަލަސްތީން- މޯލްޑިވްސް" ގެނަމުގައި، ފަލަސްތީނުގެ ހާލަތު ގެނަސްދޭ ޕޭޖްގައި ވަނީ ކުރު ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ވަނީ ބުނެފައިވަނީ ފޮޓޯ ގައި ރާއްޖޭގެ ދިދަ ހިފައިގެން ތިބީ ފަލަސްތީނުގެ އާންމުން ކަމަށާއި، ފަލަސްތީނާ އެއްކޮޅަށް ދިވެހިން ކުރާ ވަކާލާތް އެގައުމުގެ ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ.
ގާޒާގައި ދިވެހި ދިދަ އުފުލާލި ފުރަތަމަ ފަހަރުވެސް މެއެވެ.
"ދަ ގްރޭޓް ރިޓާން މާޗް"ގެ ނަމުގައި ފަލަސްތީނުގެ ގާޒާގައި އިއްޔަ ކުރި މުޒާހަރާއަކީ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ރެފިއުޖީންގެ ގޮތުގައި އުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ގައުމަށް އެނބުރި ދިއުމުގެ ފުރުސަތު ދިނުމަށް ގޮވާލާ، އެމީހުންނަށްވެސް ހަމަޖެހިގެން ދިރިއުޅުމުގެ ހައްގު ދިނުމަށް ގޮވާލައި އިސްރާއީލާއި ދެކޮޅަށް ކުރި މުޒާހަރާއެކެވެ.
ޣައްޒާ އާއި ދެކޮޅަށް އިސްރާއީލުން ހަނގުރާމަކުރަމުންދިޔަ ދުވަސްވަރު، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ދިވެހިން ވަނީ މުޅި ދުނިޔެއަށް ނަމޫނާ ދައްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ