ގައުމަށް ގައްދާރުވާ ފަރާތްތަށް ބަލިކުރާނީ ރައްޔިތުން ނުކުމެ - ޚަލީލް

ގައުމަށް ގައްދާރުވާ، ރައްޔިތުންގެ މެދުގައި ތަފާތުކުރަން ހިއްވަރުދޭ ފަރާތްތަށް ބަލިކުރާނީ ރައްޔިތުން ނުކުމެ ކަމަށް ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޑރ.ޚަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިގައުމުގައި ގާނޫނުތައް ހިނގާނެ ކަމަށާއި، ވަކި ކުލަޔަކަށް ގިންތިއަކަށް ފަންތިއަކަށް ބެލުމެއްނެތި ތަންފީޒުވެސް ވާނެ ކަމުގައެވެ.
"ގައުމަށް ގައްދާރުވާ ރައްޔިތުންގެ މެދުގައި ތަފާތުކުރަން ހިއްވަރުދޭ ފަރާތްތަށް ބަލިކުރާނީ ރައްޔިތުން ނުކުމެ" ޑރ.ޚަލީލް ގެ ޓްވީޓް ގައި ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު އިތުރަށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ވަލިއްޔުލް އަމުރުކަން ރައްޔިތުން ހަވާލުކުރުމުން ތިމަން މަނިކުފާނަށް ނުވާނެޔޭ ވިދާޅުވެ އިސްތިއުފާދެއްވާފައި ފިއްލެވި ބޭފުޅުންނަށް ރައްޔިތުން ދެން ވެރިކަމެއް ހަވާލު ނުކުރައްވާނޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ