ނ އަތޮޅު ކައުންސިލްގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ރައުޝަމް އެމްޑީޕީއަށް ސޮއި ކުރައްވައިފި އެވެ.
ރައުސަމް އެމްޑީޕީއަށް ސޮއި ކުރައްވައި ފޯމް ހަވާލު ކުރެއްވީ ހޯމަ ދުވަހުގެ ރޭ ވެލިދޫގައި ބާއްވާ ޖަލްސާގައި އެވެ. އެ ފޯމާއި ހަވާލުވެވަޑައިގެންނެވީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު އެވެ.
ރައުޝަމް މި ޖަލްސާގައި ވިދާޅުވީ އޭނާ ގެނައި އެ ބަދަލަކީ ރައްޔިތުން ބޭނުންވި ބަދަލު ކަމަށެވެ. ނ.އަތޮޅު ކައުންސިލްގައި ހަމަ އެކަނި ޕީޕީއެމް މެމްބަރެއްގެ ގޮތުގައި މިހާތަނަށް ހުންނެވި ޒުވާން ކައުންސިލް މެމްބަރު، ރައުޝަމް ވިދާޅުވީ އެއީ ޒުވާނުންނާ މުޅި ގައުމުވެސް އެދޭ ބަދަލު ކަމަށެވެ.
ސަރުކާރުން ލާމަރުކަޒީ ނިޒާމް ފުނޑާލާފައިވާ ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޯޑަށް ފާޑު ވިދާޅުވެފައި އެވެ.
"ކައުންސިލްތަކުގެ ހަތަރެސްފައި ވަނީ ބަނދެ ކައުންސިލްތަކުގެ ބާރު ކަނޑުވާލައިފި ރައްޔިތުންގެ ކުރިމަތީ އިސްޖަހަން ޖެހިއްޖެ.މިއީ އަޅުގަނޑުމެން މިއީ މި ބަދަލު ގެނައި ސަބަބު" އޭނާ ވިދާޅުވި އެވެ.
ރައްޔިތުން ބޭނުންވަނީ މަރުކަޒީ އުސޫލު ދޫކޮށް ލާމަރުކަޒީ ނިޒާމް ކަމަށާއި އެ ވިސްނުން ސަރުކާރުގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ނ.އަތޮޅު ބޮޑު ތަފާތަކުން އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހޮޅުދޫ އިންޖީނުގޭގެ މެނޭޖަރު އަދި ޕީޕީއެމްގެ ގޮފީގެ ރައީސް އަހްމަދު ސައްދާމް ވެސް ވަނީ ސޮއި ކުރައްވާފައި އެވެ. ޔޫތު މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރ މުހައްމަދު މުއާޒު އާއި އެމްޑީއޭގައި އިސްކޮށް އުޅުނު ބައެއް މީހުން ވަނީ އެމްޑީޕީއަށް ސޮއިކޮށްފަ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ނ.އަތޮޅު ކައުންސިލްގެ ޕީޕީއެމް މެމްބަރު އެމްޑީޕީއަށް ސޮއި ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ