ކުރީގެ ރައީސް މައުމޫން މާލެ ވަޑައިގެންފި

ސިންގަޕޫރުގައި އޮތް އިންޑިއަން އޯޝަން ކޮންފަރެންސް 2016 ގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މާލެ ވަޑައިގެންފި އެވެ.
އެމަނިކުފާނު މާލެ ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ ޕީޕީއެމްގެ އިސްވެރިންނާއި ސަޕޯޓަރުންނެވެ. ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް މިރޭ ނޫސްވެރިންނާއި މައުމޫން ހިއްސާއެއް ނުކުރައްވަ އެވެ.
މައުމޫންގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިންޑިއަން އޯޝަން ކޮންފަރެންސް 2016 ގައި ތަގުރީރު ކުރައްވާފައި އެވެ.
އެ ތަގުރީރަށް ފަހު ބައިވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މައުމޫނު ވިދާޅުވީ ރާއްޖޭގައި އައިއެސްގެ ނުފޫޒު ފޯރާފައިވާ މިންވަރާއި އެ ޖަމާއަތާ ގުޅިގެން ރާއްޖޭގެ ޒުވާނުން ހަނގުރާމަ އަށް ދިއުމުގެ ވާހަކަ ބޭރުގެ ނޫސްތަކުގައި ދައްކަނީ ހިނގާވަރަށް ވުރެ ބޮޑުކޮށްލައިގެން ކަމަށެވެ. އެއީ ރާއްޖެ ނޫން އެހެން ތަންތަނުގައި ވެސް ހިނގާ ހަރަކާތެއް ކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ އެކަން ކޮންޓްރޯލްކުރަން ރާއްޖޭގައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި މައުމޫން ވަނީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ޖެނެރަލް ސެކްރެޓަރީގެ އިތުރުން ސްރީލަންކާގެ ބޮޑުވަޒީރާއި ބައްދަލު ކުރައްވާފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ