ލ މާވަށުގައިވެސް ފެންބޮޑުވެއްޖެ، ރައްޔިތުން ނިކުމެ ކޯރު ކޮންނަން ފަށައިފި

މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގާ ލ މާވަށުގައިވެސް ފެންބޮޑުވެފައިވާތީ އެ ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި އާއްމު ރައްޔިތުންނާއި ފުލުހުން ނިކުމެ ރަށުން ފެން ހިއްކުމަށް ކޯރުކޮނުމުގެ މަސައްކަތް ފަށައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް މޫސާ ފައިސަލް ވިދާޅުވީ ފާއިތުވި ތިން ދުވަހުވެސް ދޭތެރެދޭތެރެއިން ވާރޭ ވެހެމުން އައިސް މިއަދު ހެނދުނުއްސުރެ ހުއްޓާނުލާ ގިނަ އިރުތަކެއް ވަންދެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެފައިވާކަމަށާއި ފެން ހިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.
“އެއްވެސް ގެއަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނެތް، ނަމަވެސް ރަށުތެރޭ ފެންބޮޑުވުމުން ފެން ހިއްކުމަށް ކޯރުކޮނެ ފެން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި” ފައިސަލް ވިދާޅުވި އެވެ.
މޫސުން އިތުރށް ގޯސްވެދާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ