މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގާ މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ހަވީރު 4:35ގައި ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ މިއަދު ހަވީރު 5:00 އާއި މިރޭ 11:00 އާއި ދެމެދުގެ ވަގުތުތަކުގައި މުޅި ރާއްޖެއަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ.
މި ވަގުތުތަކުގައި ގަޑިއަކު 45 މޭލާއި 50 މޭލާއި ބާރު މިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި އާއްމުގޮތެއްގައި ވައިޖެހޭނީ ގަޑިއަކު 23 މޭލާއި 29 މޭލާއި ދޭތެރޭ ބާރުމިނެއްގައި ކަމަށްވެސް އެ އެލާޓްގައި ބުނެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ