ތިމަރަފުށީ ދާއިރާގެ ޕީޕީއެމް މެންބަރު އަހުމަދު ޝަރީފު ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީއާއި ގުޅިވަޑައިގެންނެވުމަށް ނިންމަވައިފިއެވެ.
ޕީޕީއެމްގެ ކައުންސިލް މެންބަރުކަން ވެސް ކުރެއްވި ޝަރީފް ވިދާޅުވީ އެޕާޓީއާއި ގުޅިވަޑައިގަންނަވަނީ ދާއިރާގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށާއި ގައުމުގެ މަސްލަހަތުގައި ކަމަށާއި ގައުމީ އިއްތިހާދާ ގުޅެން ނިންމީ އެޕާޓީ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމަކަށްފަހު ކަމަށެވެ.
އަދި ރަސްމީކޮށް އޭނާ އެޕާޓީ އާއި ގުޅުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ޕާޓީ ބަދަލުކުރަން ނިންމެވީ ތިމަރަފުށި ދާއިރާއަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަންކަން ކުރެވޭނީ ރައީސް ވަހީދުގެ ޕާޓީއާ ގުޅިވަޑައިގެން ކަމަށް ގަބޫލު ކުރެވިގެން ކަމަށެވެ.
ޝަރީފުވަނީ އޭނާ ޕާޓީ ބަދަލު ކުރުމާއި ބެހޭ ގޮތުން އޭނާގެ ދާއިރާގެ ރައްޔިތުންގެރ ހިޔާލު ވެސް ހޯދާފައެވެ. އޭނާ މީގެކުރިން ވިދާޅުވެފައިވަނީ ދާއިރާގެ ރައްޔިތުން ބޭނުންވަނީ ޕީޕީއެމް ދޫކޮށް ދާން ކަމަށެވެ.
ރައްޔިތުންގެ ހިޔާލު ހޯދިއިރު ޝަރީފަށް އެންމެ ގިނަ ވޯޓު ލިބުނު ގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރި އިރު އެމީހުން ޕާޓީ ބަދަލުކުރަން ދެކޮޅު ހަދާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ.
ޝަރީފް ގައުމީ އިއްތިހާދު ޕާޓީއަށް ގުޅިވަޑައިގަތުމަށް ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ