ގެނބިގެން ފަތުރުވެރިން މަރުވާތި ރައީސް މައުމޫނު ކަންބޮޑުވުންފާޅު ކުރައްވައިފި

ދިވެހި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން ގެނބިގެން މަރުވާ މައްސަލަތައް އިތުރުވުމުގެ ސަބަބުން، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަނބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފަހަކަށް އައިސް ރާއްޖެގައި ފީނަމުން ދަނިކޮށް މަރުވާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ދާތީ، އެކަމާ ކަންބޮޑުވާ ކަމަށާއި، ރިސޯޓްތަކުގެ މެނޭޖްމެންޓްތަކުންނާއި ޓޫރިޒަމް މިނިސްޓްރީން ގުޅިގެން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރި ކަމަށް މަސައްކަތް ކުރަންވާނެ ކަމަށެވެ.Deeply concerned over the recent deaths of foreign visitors during snorkeling in our beautiful waters. The management of our resorts and @TourismMv must work closely together to safeguard the lives of visitors who come to enjoy our enchanting beaches.— Maumoon Abdul Gayoom (@maumoonagayoom) January 16, 2019
ރާއްޖެގައި ފީނަމުން ދަނިކޮށް މަރުވާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ދާތީ، އެކަމާ ކަންބޮޑުވުންފާޅު ކުރައްވާ ރައީސް މައުމޫނު ވާހަކަފުޅު ދެއްކެވިއިރު އިއްޔެ ވެސް ވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ފަތުރުވެރިއަކު މަރުވެފަ އެވެ. މީގެ ދުވަސް ކޮޅެއް ކުރިން، ޗުއްޓީހޭދަ ކުރަމުން ދިޔަ ފިލިޕީންސްގެ ދެމަފިރިންވެސް ވަނީ ފީނަން އުޅެނިކޮށް ވަނީ ގެނބިގެން މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ