އަންނަ އަހަރު އޮންނަ ރައްޔޮތުންގެ މަޖިލީހުގެ އިންތިހާބުގެ ގޮނޑިތައް ބެހުމާ މެދު، ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ހަތަރު ލީޑަރުން ގޮތެއް ނިންމުމަށް ބާއްވާ މަޝްވަރާތަކުގައި ބައިވެރިވުމަށްޓަކައި ކުރީގެ ރައީސް މައުމޫން އެމްޑީޕީގެ އޮފީހަށް ވަޑައިގެންފިއެވެ. މިއީ މައުމޫންގެ ވެރިކަން ނިންމާލުމުގެ ހުރިހާ މަސައްކަތެއް ކުރި އޮފީހަށް މައުމޫން ވަޑައިގެންނެވި ފުރަތަމަ ފަހައެވެ.
އެމްޑީޕީ އޮފީހުގައި ކުރިއަށްދާ ބައްދަލުވުމުގައި، އެމްއާރްއެމްގެ ފަރާތުން މައުމޫނާއި، އެމްޑީޕީގެ ފަރާތުން ރައީސް މުހައްމަދު ނަޝީދު އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހިމް ގެ އިތުރުން އަދާލަތު ޕާޓީގެ ފަރާތުން ޝައިހް އިމްރާން އަބްދުﷲ ބައިވެރިވެ ވަޑައިގަންނަވައެެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ފާރިސް މައުމޫނާއި، އަބްދުﷲ ރިޔާޒް ވެސް އެ ބައްދަލުވުމުގައި ބައިވެރިވެ އެވެ.
މިއީ ހަތަރު ލީޑަރުން އެއްތަނަކުން ބައްދަލު ކުރައްވާ ދެ ވަނަ ފަހަރެވެ. އެގޮތުން މީގެ ކުރިންވެސް ހަތަރު ލީޑަރުން ވަނީ ހޮޓެލް ޖެންގައި ބައްދަލުކުރައްވާފައެވެ.
މައުމޫން ފުރަތަމަ ފަހަރަށް އެމްޑީޕީ އޮފީހަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ