ކުރީގެ ރައީސް މައުމޫނު، ރައީސް ސާލިހާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށް، ކުރީގެ ރައީސް އަލްއުސްތާޒް މައުމޫނު އަބްދުލްޤައްޔޫމް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވި ފަހުން، ރައީސް އޮފީހުގައި ކުރީގެ ރައީސް މައުމޫނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި ކުރީގެ ރައީސް މައުމޫނު ދެއްކެވި ވާހަކަފުޅުތަކުގެ ތަފުސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ