ޕާޓީއަށް އައްޔަންކުރެއްވި ގާނޫނީ ރައީސްގެ ހައިސިއްޔަތުން ޕީޕީއެމްގެ ހަތް ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫޫމު މިއަދު ފޮނުއްވައިފި އެވެ.
ޕީޕީއެމަށް ހަތް އަހުރުވުމާ ގުޅިގެން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕާޓީއަށް ގާނޫނީ ގޮތުން އިންތިޚާބު ކުރެއްވި ރައީސްގެ ހައިސިއްޔަތުން އެ ޕާޓީގެ ހުރިހާ މެމްބަރުންނަށް ދުވަހުގެ ތަހުނިޔާ އާއި އުޖާލާ މުސްތަގުބަލަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެ ޕާޓީއަށް ހަތް އަހަރު ފުރުނުއިރު ޕާޓީގެ ލީޑަޝިޕާ މެދު މި ވަނީ ސުވާލު އުފެދިފަ އެވެ. އެއީ މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ކޮންގްރްސް ބަލައިނުގަންނަން ވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުމާއެކުގަ އެވެ. އެ ކޮންގްރެސް ބަލައިނުގަންނަން އީސީން ނިންމީ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ އިޖުރާއަތުތައް ފުރިހަމަނުކޮށް ކޮންގްރެސް ބާއްވާފައިވާތީ އެވެ.
On the 7th anniversary of PPM which falls today, I, as its sole lawfully elected President, wish its entire membership a happy anniversary and a prosperous future.— Maumoon Abdul Gayoom (@maumoonagayoom) October 27, 2018
މައުމޫން ކުރެއްވި ޓްވީޓްޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ޕީޕީއެމް ހަވާލުކުރީ، އެމަނިކުފާނާ ޕާޓީގެ ކުރީގެ ރައީސް މައުމޫނާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން އެ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަން ދެން ޕާޓީ ހިންގުމުގެ އެންމެހައި ޒިންމާ އުފުލަން ޖެހޭ ފަރާތަކީ މުޝްތަޝާރު ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަކަށް ފަހުގަ އެވެ. އެ ނިންމުމަށް ފަހު، ޕީޕީއެމްގެ ކައުންސިލުން ވަނީ އެ ޕާޓީގެ ހުރިހާ ޒިންމާތަކެއް ރައީސް ޔާމީނާ ހަވާލު ކޮށްފަ އެވެ.
ޕީޕީއެމްގެ ބާރުތައް މައުމޫނާ ހަވާލު ކުރުމަށް އެދި ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތްތައް ވެސް މިހާރު ވަނީ ފަށައިފަ އެވެ.
ޕީޕީއެމްގެ ރައީސްގެ ހައިސިިއްޔަތުން އަހަރީ ދުވަހުގެ ތަހުނިޔާ މައުމޫނު ފޮނުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ