ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ހަލީމް އިސްތިއުފާ ދެއްވައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އިސްތިއުފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުޑިޝަރީ އިސްލާހު ކުރުމަށް ކުރައްވާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.
ހަލީމް މިއަދު އިސްތިއުފާ ދެއްވިއިރު، މީދެ ދެތިން ދުވަސް ކުރިން ވަނީ މާލީ ބަޔާން ވެސް އާންމު ކުރައްވާފަ އެވެ. އެގޮތުން މާލީބަޔާނުގައި ވާގޮތުން މިދިޔަ އަހަރު މުސާރާގެ ގޮތުގައި ހަލީމަށް ލިބިލެއްވީ 360،000ރ. ކަމަށެވެ. އެލަވަންސްގެ ގޮތުގައި 211،800ރ. ލިބިލެއްވި އިރު ކުލީގެ ގޮތުގައި 400،000ރ. ލިބިފައި ވެއެވެ.
އޭގެ އިތުރުން މިލްކިއްޔާތުގައި ހުރީ 78،000ރ.ގެ ޕީސީއެކްސް ސައިކަލަކާއި، ފަޅުވެރިންނާ އެކު ނުވަ މީހުންނަށް އެރޭ ވަރުގެ 390،000ރ.ގެ އަގުހުރި ލޯންޗެކެވެ.
ތަފްސީލް އަންނަނީ....
ސިވިލް ކޯޓުގެ ގާޒީ ހަލީމް އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ