ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ކުރިއަށްދިޔަ އެބައްދަލުކުރެއްވުން އޮތީ ރައީސް ނަޝީދު ދިރިއުޅުއްވަމުން އަންނަ ގ. ކެނެރީގޭގައެވެ. Rayyithunge Majilis (@mvpeoplesmajlis) ge Raees adhi JP Leader His Excellency Hon Qasim Ibrahim (@qasimibrahim) aai Kureege Raees H.E.P Hon Mohamed Nasheed (@MohamedNasheed) aai miadhu (5/11) hendhunu Keneryge gai bahdhalu kurahvaifi. pic.twitter.com/Res4Vx4uQl— JP Chief Spokesperson (@jpspokesperson) November 5, 2018
މިއީ މަޖިލިސް ރައީސްކަމަށް ގާސިމް އިންތިހާބުވެވަޑައިގެންނެވި ފަހުން ރައީސް ނަޝީދާއި މިފަދަ ގޮތަކަށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ރައީސް ނަޝީދާއި މަޖިލިސްގެ ރައީސް ބައްދަލު ކުރެއްވި ނަމަވެސް އެބައްދަލުވުމާއި ގުޅޭ ތަފްސީލެއް ނުލިބެއެވެ.
މަޖިލީހުގެ ރައީސްކަމަށް ގާސިމް އިންތިހާބުވެ ވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ރޭގެ ވަގުތެއްގައި ވަނީ އިންތިހާބީ ރައީސްއާ ވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން އެދެބޭފުޅުން ބައްދަލުކުރައްވާފައިވަނީ އިންތިހާބީ ރައީސްގެ ކެމްޕެއިން ހެޑް ކުއާޓަރު ހުންނަ ސޯލްޓް އިމާރާތުގައެވެ.
ރައީސް ނަޝީދާއި ގާސިމް ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ