އިންޑިޔާގެ ފިރިހެނަކު އޭނާގެ ވަގު ލޯބިވެރިޔާއަށް ޚަރަދުކުރުމަށް 6.5 ލައްކަ ރުޕީސްގެ ލޯނެއް، އޭނާގެ ހަގީގީ ލޯބިވެރިޔާގެ އަތުން ނަގައިފިއެވެ.
މިކަން ކުރިކަން ފަޅާއަރާފައިވަނީ މި މީހާ މުމްބާއީގެ ފުލުހުން ހައްޔަރުކުރުމުންނެވެ.
އޭނާގެ އަސްލު އަނބިމީހާ ވަރިކުރުމުގެ މަސައްކަތް ކުރަމުންދިޔަ މި ފިރިހެންމީހާ، އޭނާގެ ހަގީގީ ލޯބިވެރިޔާގެ އަތުން ފައިސާ ނަގާފައިވަނީ ގާތްތިމާގެ މީހެއްގެ ބޭސްފަރުވާއަށްކަމަށް ބުނެއެވެ. ނަމަވެސް އެ ފިރިހެންމީހާ ވަނީ އެ އަންހެންމީހާ ދިން 6.5 ލައްކަ ރުޕީސްގެ ތެރެއިން 60000 ރުޕީސް، އޭނާގެ ވަގު ލޯބިވެރިޔާގެ ބަނޑުގައި އޮތް ދަރިފުޅު ވައްޓާލުމަށް ޚަރަދުކޮށްފައެވެ.
މި ފިރިހެންމީހާގެ ވާހަކަ ފަޅާއަރާފައިވަނީ އޭނާގެ ލޯބިވެރިޔާއަށް، ފިރިހެންމީހާގެ ފޯނަށް ވަގު ލޯބިވެރިޔާ ފޮނުވާފައިވާ މެެސެޖްތައް ފެނި އެ އަންހެންމީހާއަށް ގުޅުމުންނެވެ.
އެ ފިރިހެންމީހާ މިހާރުހުރީ ފުލުހުންގެ ހައްޔަރުގައެވެ.
ވަގު ލޯބިވެރިޔާއަށްޓަކައި ފައިސާ ހޯދީ ހަގީގީ ލޯބިވެރިޔާ ކައިރިން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ