ދެ ދުވަސް ފަހުން ރައީސް މައުމޫނު، ޝަމާލަށް މަރުހަބާ ދަންނަވައިފި

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މީގެ ދެ ދުވަސް ކުރިން އަންޔަން ކުރައްވާފައިވާ މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއަށް ރައީސް މައުމޫނު އަބްދުލް ގައްޔޫމު މަރުހަބާ ދަންނަވައިފިއެވެ.
ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ޝަމާލަށް މަރުހަބާ ދަންނަވައި ވިދާޅުވީ ތައުލީމާއި ތަޖުރިބާއާއި ތަމްރީނުގެ ގޮތުން ބަލާއިރު ޝަމާލަކީ އެ މަގާމަށް އެންމެ އެެކަށޭނެ ބޭފުޅާ ކަމަށެވެ. Congratulations Major General Abdulla Shamaal on being appointed Chief of Defence Force. Your qualifications, training, experience and record of achievements make you an ideal choice for this high position. Best wishes for your success. pic.twitter.com/tm5Uh55C0y— Maumoon Abdul Gayoom (@maumoonagayoom) December 13, 2018
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޝަމާލް ހަމަޖައްސަވާފައި ވަނީ 11 ޑިސެމްބަރުގައެވެ. އެމަގާމަށް ޝަމާލް އަންޔަން ކުރެއްވީ ޝަމާލަށް ވަޒީފާ ދިނުމަށް ހައިކޯޓުން އެދުވަހު ހުކުމް ކުރުމާއެކު ކުރިން ޝަމާލު އަދާކުރެއްވި ބްރިގޭޑިއާ ޖެނެރަލްގެ މަގާމަށް ވަޒީފާ ދިނުމަށް ފަހުގައެވެ.
ޝަމާލު ވަޒީފާއިން ވަކިކޮށްފައި ވަނީ 2013 ނޮވެމްބަރު މަހުގެ ތެރޭގައި ސިފައިންގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް ލިއުމެއް އާއްމު ކުރި ކަމަށް ބުނެއެވެ. އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން 2016 ވަނަ އަހަރު ހުކުމް ކޮށްފައި ވަނީ ޝަމާލު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ