ރައްޔިތުންގެ ޙައްޤުތައް ގަދަބާރުން ނިގުޅައިގަންނަ ތަން ބަލަން ރައްޔިތުން ނުތިބޭނެކަން ކަށަވަރު: ޝެއިޚް އިލްޔާސް

ރައްޔިތުންގެ ޙައްޤުތައް ގަދަބާރުން ނިގުޅައިގަންނަ ތަން ބަލަން ރައްޔިތުން ނުތިބޭނެކަން ކަށަވަރު ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އެއް ލައްކަ ތިރީސް ހަތަރު ހާހަށްވުރެ ގިނަ މީހުން ރައީސް ޢަބްދުﷲ ޔާމީނަށް ނޫނެކޭ ބުނެފައި ވަނިކޮށް އިންތިޚާބު ބާތިލް ކުރުމަށް ރައީސް ޔާމިން ވަނީ ސުޕްރީމް ކޯޓަށް ވަޑައިގަންނަވާފައެވެ.
ބަލި ޤަބޫލް ކުރެއްވުމަށްފަހު އިންތިޚާބު ބާތިލް ކުރުމަށް ރައީސް ޔާމީން ހުށަހެޅުއްވި ހުށަހެޅުއްވުމަށް އިޝާރާތް ކުރައްވާ ޝައިޚް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުން އަނިޔާވެރިކަމާއި ޚިޔާނާތާއި އަޅުވެތިކަމާ ދެކޮޅަށް ވަރަށް ސާފުކޮށް ނޫނެކޭ ބުނެފައިވަނިކޮށް ގަދަބާރުން ނުފޫޒްގެ ބޭނުންކޮށްގެން ރައްޔިތުންގެ ޙައްޤު ނިގުޅައިގަންނަ ތަން ބަލަން ރައްޔިތުން ނުތިއްބަވާނެކަން ކަށަވަރު ކަމަށެވެ.
މި އަނިޔާވެރިކަމުން ރައްކާތެރި ކުރެއްވުމަށް ޝައިޚް އިލްޔާސް ވަނީ ﷲ އަށް ދުޢާ ދަންނަވާފައެވެ.
މި ޓްވީޓާއެކު ޝައިޚް އިލްޔާސް ވަނީ އައްޝުއުރާ ސޫރަތުގެ 227 ވަނަ އާޔަތް މާނަޔާއެކު އެޓޭޗް ކުރައްވާފައެވެ.
Rayyithun aniyaverikamai khiyanathai alhavethikamaa
dhekolhah v saafukoh noonakey bunefaivanikoh gadhabaarun nufoozuge beynunkoggen rayyithunge haggu nigulhaigannathan balan rayyithun nuthibbavaanekan kashavaru
Yaa Allah mi aniyaaverikamun alhamen rakkatherikuravvandheyve.
Ameen. pic.twitter.com/Fo8nH3BeYV
"އީމާންވެ ސޯލިޙް ޢަމަލަތައްކޮށް އަދި ގިނަގިނައިން ﷲ އަށް ހަނދުމަކޮށް، އަދި އަނިޔާ ލިބުމަށްފަހު ނަސްރު ލިބިގަތް މީހުން މެނުވީއެވެ. ނިކަން ހުރެ އަނިޔާވެރިވި މީހުންނަށް، އެއުރެން ރުޖޫޢަ ވާހުށީ ކޮންތަނަކަށްކަން އެނގޭ ހުށްޓެވެ." އެއާޔަތުގެ މާނައިގައި ބުނެފައިވެއެވެ.
ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބަލިވެވަޑައިގެންކަން މުޅި ދުނިޔެ ޤަބޫލު ކޮށްފައިވަނިކޮށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ. އަދި އެމައްސަލައިގާ އިންތިޚާބު ބާތިލްކޮށްދިނުމަށް އެދިފައި ވެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ