ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ސްޕްރީމް ކޯޓަށް އިއްޔެ ހުށަހެޅުއްވި މައްސަލައަކީ މާބޮޑު ބުރަދަނެއް ނެތް، އެހެން ނަމަވެސް މުޒާހަރާ ކުރާ ކުދިންކޮޅު ހިތްހަމަ ޖައްސަން ކޮންމެހެން ކުރި ކަމެއް ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައަކީ ރައީސް ޔާމީން ބުނެގެން މުޒާހަރާ ކުދިންކޮޅު ހިތްހަމަ ޖެއްސުމަށް ލެވުނު މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ކޯޓަށް ލައްވާފައި ވަނީ ލޯޔަރުންގެ ލަފަޔާ ދެކޮޅަށް ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު މި ގޮތަށް ވިދާޅުވިއިރު ރައީސް ޔާމީން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ސްޕްރީމް ކޯޓުން ވަނީ ބަލައިގެންފައެވެ.
އިންތިހާބާއި ގުޅޭގޮތުން ދުސްތޫރީ މައްސަލަ އެއް ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ޖުޑީޝަލް ސާވިސްކޮމިޝަނުގައި އިންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އަހުމަދު ސަލީމް، ރޭނިސް ސަލީމެވެ. ސަލީމް ވިދާޅުވީ މައްސަލަ ހުށަހެޅުއްވީ ރައީސް ޔާމީންގެ ގިނަ ސަޕޯޓަރުންތަކެއްގެ ޝަކުވާތަކާއި ގުޅިގެން ކަމަށެވެ.
އިންތިހާބާ ބެހޭ ދުސްތޫރީ މައްސަލައެއް ސްޕްރީމް ކޯޓަށް ހުށަހަޅާފއިވާ އިރު ރައީސް ޔާމީން ވަނީ ކުރިން އިންތިހާބުގެ ނަތީޖާ ގަބޫލު ކުރައްވާ ބަލި ގަބޫލު ކުރައްވާކަން ވެސް އިއުލާން ކުރައްވާފައެވެ. ނަމަވެސް ފަހުން އޮޅުވާލި ވޯޓުގެ ނަމުގައި ޕީޕީއެމުން މުޒާހަރާ ފަށާ، ރައީސް ޔާމީން ވެސް ވަނީ އިންތިހާބުގެ ނަތީޖާއާއި މެދު ހިތްހަމަ ނުޖެހުން ފާޅު ކުރައްވަން ފައްޓަވާފައެވެ.
އިލެކްޝަނުން އިއުލާން ކުރި ދާއިމީ ނަތީޖާގައިވާ ގޮތުން ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96052 ވޯޓެވެ. އެއީ 41.60 އިންސައްތައެވެ. އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 134705 ވޯޓެވެ. އެއީ 58.40 އިންސައްތަ ވޯޓެވެ. ސައްހަ ވޯޓުގެ އަދަދަކީ 230،757 އެވެ. ބާތިލް ވޯޓުގެ އަދަދަކީ 3132 ވޯޓެވެ.
ދުސްތޫރީ މައްސަލަ ވަރަށް ވީކް، އެއީ މުޒާހަރާ ކުރާ ކުދިން ހިތްހަމަޖައްސަން ކުރިކަމެއް: މެމްބަރު އަބްދުﷲ ރިޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ