އީޔޫގެ ސަފީރު، ގާސިމް އާ ބައްދަލުކުރައްވައިފި

ރާއްޖެ ވަޑައިގެން އުޅުއްވާ ޔޫރަޕީއަން ޔޫނިއަން (އީޔޫ)ގެ ސަފީރު ޓުން ލައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާ ބައްދަލުކުރައްވައިފި އެވެ.
މ. ކުނޫޒުގައި ރޭގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ލައި ވަނީ ގާސިމް އިބްރާހީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ގާސިމް ވަނީ، ރާއްޖެ ޑިމޮކްރަސީ ހަމަތަކުގެ މަތީން ކުރިއަށް ގެންދިޔުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލާފައެވެ. އަދި އެ މަސައްކަތްތައް އީޔޫއިން ގާތުން ބަލަމުން ގެންދާތީ އެކަމަށް ވަނީ ގާސިމް ޝުކުރު އަދާ ކުރައްވާފައެވެ.
އީޔޫ އިން ވަނީ ކޯލިޝަނުގެ ސަރުކާރުގައި ރާއްޖޭގެ ޑިމޮކްރެޓިކް ހަމަތައް އަށަގަންނުވައި އިސްލާހީ މަސައްކަތްތަކާއި މުއައްސަސާތައް ހަރުދަނާކޮށް ހިންގުމަށާއި، ތިމާވެށީގެ ދާއިރާ އާއި ސަލާމަތީ ޚިދުމަތުގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމުގައި ޔޫރަޕިއަން ޔޫނިއަނުން ދެމި އޮންނާނެކަން ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ