ޕީޕީއެމްގެ ކުއްލި ކައުންސިލް ބައްދަލުވުމެއް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދާދިދެންމެއަކު ބާއްވަވައިފި އެވެ.
މައުމޫންގެ އިތުރުން ޕާޓީގެ ކައުންސިލަށް އިއްޔެ އައްޔަން ކުރެއްވި އުމަރު ނަސީރުގެ އިތުރުން މައުމޫނަށް ތާއީދުކުރައްވާ ކައުންސިލް މެމްބަރުން މި ބައްދަލުވުމަށް ވަޑައިގަތެވެ.
ކައުންސިލް ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވައި ރައީސް މައުމޫން ވިދާޅުވީ ޕާޓީގެ ރައީސާ ދެކޮޅަށް ބަޣާވާތް ކުރައްވާފައިވާ ކަމަށާއި އެއީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ މަސައްކަތް ކުރެއްވީ ޕާޓީ ހަމަޖެހުމަށް ކަމަށާއި ޕާޓީ ހިނގަމުން ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ.
ވަރަށް ހަމަޖެހިވަޑައިގެން، އަދި ހިނިތުންވެފައިވާ މޫނަކާ އެކު މައުމޫން ވިދާޅުވީ ކައުންސިލްގެ ބައްދަލުވުމުގައި ނިންމި އެއް ނިންމުމަކީ ޕާޓީގެ ނައިބު ރައީސް އަބްދުރަހީމް އަބްދުﷲ ކައުންސިލް މެމްބަރު ކަމުން ރަސްމީކޮށް ވަކިކުރުން ކަމަށާއި އެކަން ކައުންސިލުން ފާސްކޮށް ނިމިއްޖެ ކަމަށެވެ.
މައުމޫން ވިދާޅުވީ ކޯޓު އަމުރަށް ފަހު އަބްދުއްރަހީމް ފޯނު ކުރެއްވި ކަމަށާއި މުސްތަޝާރު ވިދާޅުވެގެން އޮފީހާ ހަވާލުވެ ވަޑައިގަންނަވާ ވާހަކަ ވިދާޅުވި ކަމަށެވެ. އެހެން ނަމަވެސް މައުމޫން ވިދާޅުވީ ކޯޓު އަމުރުގައި އޮފީސް ހަވާލު ކުރުމަކީ އޮތް އަމުރެއް ނޫން ކަމަށާއި މިއީ އެތައް ހާސް ބަޔަކާ ގުޅިފައިވާ ހައްގެއް ކަމަށެވެ. އަދި އެކަން އެހެން ނުވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
މި ހުރިހާ މައްސަލަތަކުގެ ތެރޭގައި ރައީސް ޔާމީނަށް އޮތް ތާއީދު ނުގެންދަވާ މަޑުކުރައްވަނީ ކީއްވެގެންތޯ ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ހިނިފުޅުވަޑުވަމުން ވިދާޅުވީ "އަޅުގަނޑަކީ އަޅުގަނޑަށް ފެންނަ ވަގުތުތަކުގައި ކަންކުރާ މީހެއް" ކަމަށެވެ.
"މިއުޅޭ މައްސަލައަކީ މައުމޫން އަބްދުލްގައްޔޫމާއި ޔާމީން އަބްދުލްގައްޔޫމާ ދޭތެރޭގައި އުޅޭ މައްސަލައެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
(އިތުރު ތަފުސީލު އަންނަނީ)
މައުމޫން އިސްވެ ހުންނަވައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ