ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދާ އެކު އެޕާޓީން އެންމެ އުތުރުގެ 3 އަތޮޅަށް ކުރުމަށް ހަމަޖެހިފައިވާ “ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރު” މިއަދު ހަވީރު ފަށާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
މިއަދު ހަވީރު 4 ޖަހާއިރު ޓީޖެޓީ ސަރަހައްދުން ފަށާ މި ޚާއްސަ ދަތުރުގައި ބޮޑު ތިލަދުންމަތީ (ހއ. ހދ އަދި ށ. އަތޮޅު) ގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރާނެއެވެ.
އެމްޑީޕީން ބުނީ 21 ނޮވެމްބަރ 2012 ން 7 ޑިސެމްބަރ 2012 އަށް ކުރާ މި ދަތުރަކީ މިދިޔަ މަހު އެމްޑީޕީން ބޮޑު ދެކުނަށް ކުރި ކާމިޔާބު ދަތުރެކޭ އެއްފަދައިން، ރައްޔިތުންގެ ތަނަވަސްކަމާއި، ރާއްޖޭގެ ތަރައްޤީއަށްޓަކައި އެމް.ޑީ.ޕީ އެކުލަވާލި ތަރައްޤީގެ ތަޞައްވުރުތަކާ ރައްޔިތުންނަށް ވީ ވަޢުދުތައް ދިވެހި ރައްޔިތުން ބަލައިގަތް މިންވަރު ދެނެގަނެގަތުމަށް ކުރެވޭ ދަތުރެއް ކަމަށެވެ.
މި ދަތުރުގައި އެމްޑީޕީގެ ލީޑާރޝިޕާއި، ޕާލަމެންޓްރީ ގްރޫޕްގެ ހުރިހާ މެންބަރުންނާއި، ގައުމީ މަޖިލީހުގެ މެންބަރުންނާއި، އެމްޑީޕީގެ އެހެނިހެން ގުނަންތަކުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އެޕާޓީން ކުރިން ވަނީ ބުނެފައެވެ.
ބޮޑުދެކުނުގެ ވައުދުގެ ދަތުރެކޭ އެއްފަދައިން މިދަތުރަކީ ވެސް ތަފާތު ރެލީތަކާ، ޚާއްސަ ޖަލްސާތަކާ، މައުލޫމާތު ސެޝަންތަކާ އަދި އެހެނިހެން އިޖުތިމާޢީ ހަރަކާތްތަކާ އެކު ރަށްރަށުގެ ހުރިހާ ރައްޔިތުންނަށް ސީދާ ގޮތުގައި ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ އިޖްތިމާޢީ ޢީދެކެވެ.
އެމްޑީޕީން އިތުރަށް ބުނީ މިދަތުރުގެ ބައިވެރިން ފުރުވާލުމަށް އެމްޑީޕީގެ ވީހާވެސް ގިނަ މެންބަރުންނާއި، އެމްޑީޕީއަށް ތާއީދުކުރާ އަދި ހެޔޮއެދޭ ވީހާ ވެސް ގިނަ ފަރާތްތަކުން މިއަދު ހަވީރު 4 ޖަހާއިރަށް ޓީޖެޓީ ސަރަހައްދަށް ހާޒިރުވުމަށް އެދޭ ކަމަށެވެ.
ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރު މިއަދު ހަވީރު ފަށަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ