ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި އިސް ގާޒީގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމީ ފަސް މެންބަރަކު ވޯޓު ދެއްވައިގެންނެވެ. ބައްދަލުވުމުގައި ޖޭއެސްސީގެ ހުރިހާ މެންބަރުން މިއަދު ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކޮމިޝަންގެ މެންބަރަކު ކަށަވަރުކޮށްދެއްވެވި ގޮތުގައި އިސް ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމެވީ ދި ޓީވީއަށް އިސް ގާޒީ ކުރިން ދެއްވާފައިވާ އިންޓަވިއެއްގައި ދައްކަވާފައިވާ ވާހަފުޅުތަކަކާ ގުޅިގެން ކޮމިޝަނުން ބެލި މައްސަލައެއްގައި ކަމަށެވެ.
"އެގޮތަށް ފާސް ކުރެއްވި ނަމަވެސް އަޅާނެ ފިޔަވަޅެއް މިއަދަކު ނުނިންމަވާ،" އެ މެންބަރު ވިދާޅުވި އެވެ.
އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ އެފަދަ ވާހަކައެއް ޓީވީން ކިޔާ ކަމަށް އަޑު އައްސަވާފައިވާ ކަމަށާއި އެނޫން ގޮތަކުން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެގޮތަށް ފާސް ކުރެއްވި ނަމަވެސް ވިދާޅުވާނެ އެއްޗެއް ނެތް ކަމަށެވެ.
މިކަމާ ބެހޭ ގޮތުން ޖޭއެސްސީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ