ވެލިދޫ ދާއިރާގެ އެމްޑީޕީ ގޮފީގެ ރައީސް އިސްތިއުފާ ދެއްވައިފި

ނ. ވެލިދޫ ދާއިރާގެ އެމްޑީޕީ ގޮފީގެ ރައީސްގެ މަގާމުން އިބްރާހިމް މުޙައްމަދު (އިބޫ) އިސްތިއުފާ ދެއްވާފި އެވެ.
އެމްޑީޕީ އަށް ފޮނުވި އިސްތިއުފާގެ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ އޭނާ އަދާކުރައްވާ ވަޒީފާގެ ސަބަބުން ދާއިރާގެ އެކިއެކި ކަންކަމުގައި އެއްބާރުލުން ދިނުމަށް ދަތިވުމާއި ދާއިރާގައި އިންތިހާބުވެފައިވާ ގޮފިތަކާއި ދާއިރާގެ މެމްބަރުންގެ ގުޅުން ކުޑަވުމުގެ ސަބަބުން އިސްތިއުފާ ދެއްވި ކަމަށެވެ.
"...އަޅުގަނޑަކީ މާލޭގެ އަމިއްލަ ކުންފުންޏެއްގައި މަސައްކަތްކުރާ މީހެއް. ދާއިރާގެ އެހެން މީހުން ދިރިއުޅޭނީ ރަށުގައި ކަމަށް ވުމާއި އަދި ވަޒީފާ އަދާކުރަނީ ރަށުގައި ނުވަތަ ރަށާއި ކައިރި ރިސޯރޓުގައި ކަމަށްވާތީ ފާއިތުވި ދުވަސްތަކުގައި ބައްދަލްވުންތައް ވެސް ބޭއްވިފައިނުވެ އެވެ." އިބޫގެ އިސްތިއުފާގެ ސިޓީގައިވެ އެވެ.
މީގެއިތުރަށް ވެސް ވެލިދޫ ދާއިރާގެ ރައީސްގެ މައްސޫލިއްޔަތަކީ އެހެން ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ނުލިބި ނުކުރެވޭނެ ކަމެއްކަމަށާއި، 2014 ވަނަ އަހަރު ވެލިދޫ ދާއިރާ އިން އެމްޑީޕީ ޓީކެޓްގައި ރައްޔިތުން މަޖްލީހަށް ކުރިމަތިލާ ފަރާތަކަށް އެ ފުރުސަތު ދިނުމަށް އޭނާ ބޭނުންވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އެމްޑީޕީގެ މެމްބަރު ކަމުން އިސްތިއުފާ ނުދެއްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އިބޫގެ އިސްތިއުފާ އެމްޑިޕީން ގަބުލްކޮށް މިހާރު ވަނީ އޭނާ އަށް ސިޓީއެއް ފޮނުވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ