އަޑު ގަދަކޮށް ހަޅުތާލު ކުރުންފަދަ ކަންކަމަކީ ރަނގަޅު ކަންކަމުގެ ގޮތުގައި ބަލައިގަތް ދުވަސްތައް މާޒީވެ ހިނގައްޖެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހއ. ހޯރަފުށީގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ މިގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރަމުން މިދަނީ ގައުމުގެ އިޖުތިމާއީ ފޭރާން ވިއްސި ވިހާލި ވެފައި އޮއްވާކަމަށެވެ. ބޮޑެތި ކުށްތައްކޮށް ރޭވިގެން ހިނގާ ކުށްތައް އިތުރުވެފައި ވަނިކޮށް ކަމަށެވެ. ޑިމޮކްރަސީ އަކީ އަޑުގަދަ ކުރާތަކުން ހަޅޭލަވައިގެން ގެންނަ އެއްޗެއްގެ ގޮތުގައި ދަައްކުވައިދެމުންދާ ދުވަސް ވަރެއްގައި ކަމަށެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކަންކަމާމެދު ހިތްހަމަނުޖެހުމުން ދަރިވަރުުން ނުކުމެ ޓީޗަރާ ދެކޮޅަށް އަޑުގަދަކުރުމާއި ރައްޔިތުން ނުކުމެ ކައުންްސިލާދެކޮޅަށް އަޑު ގަދަކޮށް ހަޅުތާލު ކުރުންފަދަ ކަންކަމަކީ ރަނގަޅު ކަންކަމުގެ ގޮތުގައި ބަލައިގަތް ދުވަސްތައް މާޒީވެ ހިނގައްޖެކަމަށެވެ. ހަމަ އެހެންމެ ކޮންމެ ކަމެއް ނިންމުމަށް އަޑުގަދަކުރާ ބޭނުންކޮށްގެން ނުކުމެ މަގުތައް ހަލަބޮލިކޮށް ރަނގަޅު ނޫން ގޮތުގައި ޑިމޮކްރަސީ ހަމަތައް ރައްޔިތުންނަށް ދައްކައިގެންވެސް ގައުމުގައި ހަމަނުޖެހުން އުފެދިގެންދިޔަ ދުވަސްތަކެއް ހިނގައްޖެ ކަމަށެވެ. އެހެންކަމުން ސަރުކާރުން މިއަދު މަސައްކަތް ކުރަމުން މިދަނީ ގައުމުގައި އިޖުތިމާއީ އަދާލަތު ދަަމަހައްޓައި ހަލާކުވެފައިވާ އިޖުތިމާއީ ފޭރާން ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގައުމުގައި ހަމަޖެހުން ގާއިމް ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެެއް ފިސާރި ސާބިތު ކަމާއެކު ފުލުހުން ކުރަމުން ގެންދާނެ ކަމަށެވެ. އެކަމަށް ކުރިމަތިވާ ކޮންމެ ހުރަހެއް ނައްތާ ލައްވައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ މިއަދުގެ ސަރުކާރުގެވެސް އަދި ރައީސުލްޖުމުހުރިއްޔާގެވެސް އެންމެ ބޮޑު އެދުން ފުޅު ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަޅުތާލު ކުރުމަކީ މިހާރު ބަލައިގަންނަ ކަމެއް ނޫން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ