ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި މޫސުން ރަނގަޅުވާން ފަށާނެ: މެޓް

މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި އުތުރާއި މެދު ރާއްޖޭގެ އެކި ހިސާބަށް މިއަދު ވެސް، ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި މަޑު މަޑުން މޫސުން ރަނގަޅުވަމުންދާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން ބުނެފިއެވެ.
މެޓުން ވަނީ، މިރޭ 18:00އާ ހަމައަށް މޫސުން ލަފާ ކުރާ ގޮތް ހާމަކޮށްފައެވެ. މިއަދު ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމުގެ އިތުރުން، ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފައެވެ.
މިއަދު ދެކުނުގެ އަތޮޅުތަކަށް އާންމުގޮތެއްގައި މޫސުން ރަނގަޅު ވާނެކަމަށާއި ނަމަވެސް މަދު ރަށްތަކަކަށް ކެރީގެ އަސަރުކޮށްފާނެކަމަށް މެޓުން ލަފާކުރެއެވެ.
ދެކުނުގެ ސަރަހައްދަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި އެހެން ސަރަހައްދުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގައި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ.
މާލޭގައި ފެންބޮޑުވެގެން އެކިއެކި އެހީއަށް އެދި 774 ތަނަކުން ރިޕޯޓުކޮށްފައިވާކަމަށް ނެޝަނަލް ޑިޒާސްޓަފ މެނޭޖްމެންޓު އޮތޯރިޓީން ބުނެފައިވެއެވެ. މީގެތެރެއިން 554 ރިކުއެސްޓައަކީ ވެލިބަސްތާ ޖެހުމަށް އައި ރިކުއެސްޓެވެ.
އަދި 53 ގެއެއްގެ ރެޕިޑް އެސެސްމެންޓް ހެދިފައިވާކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ