ނިމިދިޔަ ރިޔާސީ ދައުރުގެ ތެރޭގައި ސޮއިކޮށްފައިވާ ނުވަ ސެޓްލްމަންޓް އެއްބަސްވުމަކީ، ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުންތަކެއް ނޫންކަމާއި އެއީ ބާތިލް އެއްބަސްވުންތަކެއް ކަމާއި އެ އެއްބަސްވުންތަކަކީ އަމަލުކުރަންނުޖެހޭ އެއްބަސްވުންތަކެއް ކަން ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް ބަންޑާރަނައިބު ވަނީ މިއަދު އަންގަވާފަ އެވެ.
ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް ނިމިދިޔަ ސަރުކާރުން ސޮއިކޮށްފައިވާ ސެޓްލްމަންޓް ނުވަ އެއްބަސްވުމަކީ ބާތިލް އެއްބަސްވުންތަކެއް ކަމާއި އެ އެއްބަސްވުންތަކަށް އަމަލުކުރަން ނުޖެހޭ ކަމަށް ބަންޑާރަނައިބު ނިންމަވާ އެކަން ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް މިއަދު އަންގަވައިފި އެވެ.
ބަދަލުދޭން ކުރީ ސަރުކާރުން އުފެއްދި "މައްސަލަ ހައްލުކުރުމަށް ލަފާދޭ ކޮމިޓީ" ރައީސް މުއިއްޒު ވަނީ އުވާލައްވާފަ އެވެ. އަދި އެ އުސޫލުގެ ދަށުން ސެޓްލްމަންޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާ މައްސަލަތައް ދިރާސާކުރުމަށް ބަންޑާރަ ނާއިބުގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ.ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ އުސޫލުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުންތަކާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާ ކުރުމަށް ފަހު އެ އެއްބަސްވުންތަކަކީ އުފެދުމުގައިވެސް ބާތިލް އެއްބަސްވުންތަކެއް ކަމަށް އެ ކޮމިޓީއަށް ފެންނާތީ އެ އެއްބަސްވުންތައް ބާތިލު ކުރުމަށް ގާނޫނީގޮ ތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށާ އެ އުސޫލާއި އެއްބަސްވުންތަކުގެ ދަށުން އެއްވެސް ބަދަލެއް ދީފައިވާނަމަ އެ ބަދަލެއް އަނބުރާ ހޯދުމުގެ ކަންކަން ކުރުމަށް އެ އޮފީހަށް އަންގާފައިވާ ކަމަށެވެ.އަދި މިކަމުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބަންޑާރަނައިބަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް ދެންނެވުމަށް ފެންނަ ކަމަށް އެ ކޮމިޓީން ނިންމަވާ ރައްޔިތުންގެ މަޖިލީހުން އެކަން އަންގާފައިވާ ކަމަށެވެ.މި މައްސަލަތައް ބަންޑާރަ ނާއިބުގެ އޮފީހުން ދިރާސާކުރިއިރު އެ އުސޫލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް އެކުލަވާލާފައިވާ އުސޫލެއް ކަމާއި އެ އުސޫލުގެ ދަށުން ނިންމާފައިވާ ނިންމުންތަކާއި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކަކީ ވެސް ދައުލަތުގެ އޮޑިޓާ ޖެނެރަލްގެ ބަހެއް ނެތި ތައައްސިފީ ގޮތެއްގައި ވަކި ފަރާތްތަކަކަށް ނުހައްގު މުއްސަނދިކަމެއް ލިބޭގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަން ފާހަގަ ކުރެވިފައިވާ ކަމަށް ބުންޏެވެ.".. އެހެންކަމުން،އެ އުސޫލުގެ ދަށުން ނިމިދިޔަ ރިޔާސީ ދައުރުގެ ތެރޭގައި ސޮއިކޮށްފައިވާ ނުވަ ސެޓްލްމަންޓް އެއްބަސްވުމަކީ، ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުންތަކެއް ނޫންކަމާއި އެއީ ބާތިލް އެއްބަސްވުންތަކެއް ކަމާއި އެ އެއްބަސްވުންތަކަކީ އަމަލުކުރަންނުޖެހޭ އެއްބަސްވުންތަކެއް ކަން ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް ބަންޑާރަނައިބު ވަނީ މިއަދު އަންގަވާފައެވެ،"
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ކުރީ ސަރުކާރުން ބަދަލުދޭން ނިންމި ނުވަ އެއްބަސްވުމެއް ބާތިލު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ