ދައުލަތުގެ މާލިއްޔަތު "ލޫޓުވާލުމަށް" ސަރުކާރުން ނިހާޔަތަށް ހީލަތްތެރިކޮށް މަސައްކަތް ކުރަމުންދާ ކަމަށް ކުރީގެ ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައި ހުރި މަސައްކަތްތައް އަތުލައި، އިންތިހާއަށް ބޮޑު އަގުގައި ސަރުކާރުގެ ކުންފުނިތަކާ ހަވާލު ކުރަމުންދާ ކަމަށެވެ.
"މިހާރު ސަރުކާރުން ކުރާ ކަމަކީ ޕްރައިވެޓް ކޮންޓްރެކްޓަރުންނަށް މިހާރު ދީފައި ހުރި ކޮންޓްރެކްޓުތައް ވެސް ކެންސަލްކޮށްފަ ސަރުކާރުގެ އެސްއޯއީތަކާ ހަވާލުކޮށްގެން މި ކުރިއަށް ގެންދަނީ. މިއީ ބޮޑު ކޮރަޕްޝަނެއް، ސަރުކާރުން ދިވެހި މާލިއްޔާ ލޫޓުވުމަށް ކުރަމުންދާ މަސައްކަތެއް،" އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަމިއްލަ ކުންފުންޏަށް ހަވާލުކޮށްގެން މަދު ފައިސާކޮޅަކަށް ކުރެވެން ހުރި މަސައްކަތް ބޮޑު އަގުގައި ސަރުކާރުގެ ކުންފުނިތަކަށް ދެމުންދާ ކަމަށެވެ. އެއީ ދައުލަތުގެ މާލިއްޔާ
"[މިސާލަކަށް] މިތާ ކައިރި ރަށެއްގެ ފެނާއި ނަރުދަމާ ނިންމަން ހުރީ އެއް ޕަސެންޓު. ކޮންޓްރެކްޓަރު ގޮސްފަ ހަމަ ގުޅާލާފައި ފެން ދޭންޖެހެނީ މި. ގާތްގަނޑަކަށް ނުނިމި ހުރީ އެއް ޕަސެންޓު، 99 ޕަސެންޓު މަސައްކަތް ނިމިފަ. އެ ކޮންޓްރެކްޓަރާ ހަވާލުކޮށްގެން މަސައްކަތް ކުރިއަށްގެންދާ ނަމަ ގާތްގަނޑަކަށް ހަރަދު މި ވަނީ ދެ މިލިއަން ރުފިޔާ. އެ ކޮންޓްރެކްޓު ބާތިލުކޮށްފައި ފެނަކައަށް ނުވަތަ އާރްޑީސީއަށް މި ދެނީ 30 މިލިއަން ރުފިޔާއަށް،" އަމީރު ވިދާޅުވި އެވެ.
"ދިވެހި މާލިއްޔަތު ލޫޓުވުމެއް ނޫންތަ މިއީ."
ސަރުކާރުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތަކުގެ އަދާހަމަ ފެންނަ ގޮތަށް ތަރައްގީ ކުރި އައިލްސް ވެބްސައިޓަށް ނުވަދެވޭ ގޮތަށް މި ސަރުކާރުން ވަނީ ހަދައިފަ އެވެ. އޭގެ ފަހުން، ވަރަށް ގިނަ ރަށްތަކުގެ ޕްރޮޖެކްޓުތަކާ ސަރުކާރު ކުންފުނިތަކުން ހަވާލުވި އެވެ.
މި ސަރުކާރުން ހަވާލު ކުރާ ގިނަ މަޝްރޫއުތައް ހަވާލު ކުރަނީ ވެސް ސަރުކާރުގެ ކުންފުނިތަކާ އެވެ. އެގޮތުން މުޅި ރާއްޖޭގައި ޕޮލިސް ސްޓޭޝަން އެޅުމުގެ ބޮޑު ޕްރޮޖެކްޓުގެ ހުރިހާ މަސައްކަތެއް ވެސް ހަވާލުކޮށްފައި ވަނީ ސަރުކާރުގެ ކުންފުނިތަކަށެވެ.
ދެ މިލިއަން ރުފިޔާއަށް ނިންމޭނެ މަސައްކަތް 30 މިލިއަން ރުފިޔާއަށް އެބަ ސަރުކާރުން ހަވާލު ކުރޭ: އަމީރު ދެ މިލިއަން ރުފިޔާއަށް ނިންމޭނެ މަސައްކަތް 30 މިލިއަން ރުފިޔާއަށް އެބަ ސަރުކާރުން ހަވާލު ކުރޭ: އަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ