އަމާޒަކީ ފެލިވަރާއި ތިނަދޫ ކޯލްޑް ސްޓޯރޭޖް މިއަހަރު ބޭނުންކުރަން ފެށުން: ވަޒީރު ޝިޔާމް ކާބޯތަކެތީގެ ރައްކާތެރިކަމަކީ ޢާންމު ޞިއްޙަތާއި އިޤްތިޞާދީ ވިލުންތެރިކަމުގެ ބިންގާ- ރައީސް ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރާ ބައްދަލުކ

ލ. ގަން ލިންކު ރޯޑުގައި މިރޭ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހެއްގެ ފައި ބިނދި ބޯ ފަޅައިގެން ގޮސް އިތުރު އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން ބުނީ، ލިންކު ރޯޑުގައި އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެން ރޭގެ ހަތެއް ޖަހާކަން ހާއިރު ހިނގި އެކްސިޑެޓުގައި އެ ސައިކަލްގައި ތިބި ދިވެހި ދެ ފިރިހެނުންގެ ވެސް ބޯފަޅައިގެން ގޮސް ފައި ބިނދިފައިވާ ކަމަށެވެ.
ސައިކަލް ދުއްވަން އިން އުމުރުން 44 އަހަރުގެ މީހާގެ ކަނާތު ފައިގެ ދެ ތަނަކުން ބިނދި އަދި އެ މީހާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހާ އަށް އިތުރު ޒަހަމްތަކެއް ވެސް ވި ކަމަށް ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖުގައި ވެއެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވީ 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ