އެހެން އަހަރުތަކެކޭ އެއްފަދައިން ދިރާގު ތަށިބަރި މޫވްމަންޓް މި ރޯދަ މަހު ވެސް ކުރިއަށް ގެންދަން ފަށައިފި އެވެ.
ދިރާގުގެ ޓީމުތަކުން ދަނީ މަގުމައްޗަށް ނިކުމެ، ދިރާގު ތަށިބަރިތައް އެކި އުމުރުފުރާތަކުގެ މީހުންނަށް ހަދިޔާ ކުރަމުންނެވެ.
"މި ތަށިބަރިތައް ލިބޭ ފަރާތްތަކުން ދަނީ މި އާދަކާދަ ދަމަހައްޓައި، ތަށިބަރި އެހެން ފަރާތްތަކަށް ފޯރިއާއެކު ހަދިޔާކުރަމުން،" ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ 2017 ގައި އެ ކުންފުނިން ތަށިބަރި ހަރަކާތް ފެށީ ދިވެހީންގެ ތެރޭގައި ކުރީގައި އޮތް އެއް ގެއިން އަނެއް ގެއަށް ތަށިބަރި ފޮނުވުމުގެ އާދަކާދަ ދިރުވުމުގެ މަގުސަދުގައި ކަމަށެވެ.
މިހާރު ދިރާގު ތަށިބަރި މޫވްމަންޓް ވެގެން ގޮސްފައިވަނީ ދިވެހިންގެ ތެރޭގައި މަގުބޫލު، މި ހަރަކާތާ ނުލާ ރޯދަ މަސް ފުރިހަމަ ނުވާނެ ފަދަ ހަރަކާތަކަށެވެ.
ދިރާގުން އަންނަނީ ރޯދަ މަހާ ގުޅުވައިގެން އާންމުންނަށް ތަފާތު ހަރަކާތްތަކާއި އަގުހުރި އޮފާތައް ގެނެސްދީ، ދިވެހި ސަގާފަތާއި ކުރީގެ އާދަކާދަތައް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ދިރާގު ތަށިބަރި މޫވްމަންޓް މި ރޯދަ މަހު ވެސް ކުރިއަށް ދިރާގު ތަށިބަރި މޫވްމަންޓް މި ރޯދަ މަހު ވެސް ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ