މާލޭ އިރުމަތީ ފަރާތުގައި ވީރާނާވަމުންދާ ކާނިވާ ސްޓޭޖު ތަޅާލައި، އެތަނުގައި އާ ސްޓޭޖެއް އިމާރާތް ކުރުމަށް މާލެ ސީޓީ ކައުންސިލްގެ ފަރާތުން ބަޔަކާ ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި މި މަސައްކަތް ހަވާލުކޮށްފައި ވަނީ، ޔޫއެޗު އިންވެސްޓްމަންޓާ އެވެ. އަދި އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ، އަންނަ ޖުލައިގެ ނިޔަލަށް މަސައްކަތް ނިންމުމަށް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މި މައްސަކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ، ކޮން އަގެއްގައި ކަމެއް ސިޓީ ކައުންސިލްގެ ޕޯސްޓުގައި ހާމަކޮށްފަ ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން އެ އިދާރާގެ މީޑީއާ އޮފިޝަލާ މިއަދު ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ މައްސަކަތް އެ ކުންފުންޏާ ހަވާލު ކުރީ 4.8 މިލިއަން ރުފިޔާއަށް ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - ކާނިވާ ސަރަހައްދަކީ، ސިޔާސީ ޕާޓީތަކުގެ ޖަލްސާތައް އާންމުކޮށް ބާއްވާ ސަރަހައްދެވެ. މިއުޒިކް ޝޯތަކާއި އެހެން ބައެއް ހަރަކާތްތައް މީގެ ކުރިން ގިނަ އަދަދަކަށް އެތަނުގައި ބާއްވާފައިވާއިރު، މިހާރު އެ ސްޓޭޖް ވަނީ ވަރަށް ބޮޑަށް ހަލާކުކޮށްފަ އެވެ.
ކާނިވާ ސްޓޭޖް ތަޅާލައި، އާ ސްޓޭޖެއް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ