މޭސަން މެގަޒިންގެ ފުރަތަމަ އަދަދުގެ ޓައިޓްލް ސްޕޮންސަރަކަށް ދިވެހި އިންޝުއަރެންސް

'ދަ ޓްރެވަލް ގައިޒް'އިން ނެރޭ 'މޭސަން މެގަޒިން'ގެ ފުރަތަމަ އަދަދުގެ ޓައިޓަލް ސްޕޮންސަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - މޭސަން މެގަޒިން އަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް އަމާޒުކޮށް، އެ ސިނާއަތާ ބެހޭ މުހިންމު މައުލޫމާތު ގެނެސްދޭނެ މަޖައްލާއެކެވެ.
ބުނީ ކީކޭ؟ - ދަ ޓްރެވަލް ގައިޒްގެ މެނޭޖިން ޑިރެކްޓަރު ފުރާތު މުހައްމަދު ވިދާޅުވި ގޮތުގައި މޭސަން މެގަޒިންގެ ފުރަތަމަ އަދަދުގެ ޓައިޓަލް ސްޕޮންސަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖެއްސުމަކީ ލިބޭ އުފަލެކެވެ.
ދިވެހި އިންޝުއަރެންސްގެ ކޮންސްޓްރަކްޝަން ސިނާއަތާ ގުޅޭ ފައިނޭންޝަލް ސެކިއުރިޓީ ސޮލިއުޝަންތަކަކީ، އޭނާ ވިދާޅުވި ގޮތުގައި މޭސަން މެގަޒިން އެ ސިނާއަތުގެ މީހުން ބާރުވެރިކޮށް، ކަމާ ގުޅުންހުރި މައުލޫމާތު ގެނެސްދިނުމަށް ކުރާ މަސައްކަތަށް ވެސް ބާރު ދޭ ކަމެއް ކަމަށެވެ.
ތަފްސީލު - ދިވެހި އިންޝުއަރެންސްއިން ބުނީ މޭސަން މެގަޒިން މެދުވެރިކޮށް އިމާރާތް ކުރުމާއި އުމްރާނީ ތަރައްގީގެ ދާއިރާއަށް ހާއްސަ އެ ކުންފުނީގެ ޕްރޮޑަކްޓުތައް ދައްކާލާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
ޓްރޭޑް ކްރެޑިޓް ބޮންޑު
ރިޓެންޝަން މަނީ ގެރެންޓީ
ޕާފޮމެންސް ގެރެންޓީ
އެޑްވާންސް ޕޭމަންޓް ގެރެންޓީ
ބިޑް ސެކިއުރިޓީ ސޮލިއުޝަން
ދިވެހި އިންޝުއަރެންސްއިން ބުނި ގޮތުގައި އެ ޕްރޮޑަކްޓްތަކަކީ މާލީ ހިރާސްތައް ކުޑަކޮށް، މަޝްރޫއުތަކުގެ ސެކިއުރިޓީ ގާއިމުކޮށް ރާއްޖޭގައި ހަލުވިކަމާ އެކު ބަދަލުވަމުންދާ އިމާރާތްކުރުމުގެ ދާއިރާގައި ހަމަޖެހުން ހޯދައިދޭނެ ޕްރޮޑަކްޓްތަކެކެވެ.
ޑިޖިޓަލް އަދި ޕްރިންޓު ފޯމެޓަށް ނެރެން ހަމަޖެހިފައިވާ އެ މަޖައްލާގެ ފުރަތަމަ އަދަދު ނެރޭނީ 26 ޖޫން ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ