މީސްތަކުންނޭވެ! މަތިބަލައި ހޯދަންވީ ބޮޑު ދުންގަނޑު ފެނޭތޯއެއް ނޫނެވެ. އެކަމުގެ ވަޤުތު ޖެހުމުން ދުންގަނޑުވެސް ފެންނާނެއެވެ. އަހުރެމެން ކުރަން އޮތް ކަމަކީ ޢަމަލުތައް އިޞްލާޙްކޮށް މަރަށް ތައްޔާރުވުމެވެ.
ޤިޔާމަތްވުން ގާތްވަމުން އަންނައިރު ބޮޑު ދުންގަނޑެއް އަންނާނެއެވެ. އެ ދުންގަނޑު މުޅި ޖައްވު ފުރައިލާނެއެވެ. މިއީ އަނެއް މައިގަނޑު އަލާމާތެވެ. ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައިވާ އާޔަތެއްގެ (44:10 އާއި 44:11 ވަނަ އާޔަތް) މާނައީ، "ފަހެ ފާޅުވެގެންވާ ދުމަކާއިގެން އުޑު އަންނަނިވި ދުވަހަށް އިންތިޒާރުކުރާށެވެ." "އެ ދުން މީސްތަކުން ފޮރުވައިލާނެތެވެ. (އަދި އެއުރެން ބުނާނެތެވެ.) މިއީ ވޭންދެނިވި ޢަޛާބެކެވެ."
(އައްދުޚާން: 10،11)
ސުވާލަކީ، މިހާރު މިކަން ހިނގައިފި ހެއްޔެވެ؟ ﷲ އަޢުލަމް (މޮޅަށް ދެނެވޮޑިގެންވާނީ މާތް ﷲ އެވެ.) އަދި މިކަން (ކުރިއަށް އޮތްތަނުގައި) ހިނގަން އޮތްނަމަ އެކަންވެސް ދެނެވޮޑިގެންވާނީ ހަމަ އެކަނި މާތްﷲ އެވެ. އެހެން ނަމަވެސް ގިނަ ޢިލްމުވެރިން ވިދާޅުވަނީ، އެ ކަން އަދި އޮތީ ކުރިއަށް ހިނގާނެ ކަމެއްގެ ގޮތުގައި ކަމަށެވެ. ހަމައެހެންމެ މިއީވެސް ޤިޔާމަތް ގާތްވަމުން އަންނަ ކަމުގެ އަލާމާތެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ޤިޔާމަތްވުން ކައިރިވުމުން ފެންނާނެ ފައުޅުކަން ބޮޑު ޢަލާމާތްތަކުގެ ތެރެއިން ބޮޑުދުންގަނޑުގެ ވާހަކަ ޤުރްއާނުން-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ