ރަށުން ބޭރުގައި ފުލަމް އަތުން ލިވަޕޫލް ބަލިވެއްޖެ

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ފުލްމާއި ދެކޮޅަށް ލިވަޕޫލުން ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައިވަނިކޮށް ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ފުލަމް މޮޅުވެއްޖެއެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 31 މެޗުން ފުލަމްއަށް 48 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އަށްވަނައިގައެވެ. އަދި މިމެޗުން ބަލިވި ލިވަޕޫލް ލީގުގައި ކުޅުނު 31 މެޗުން ހޯދި 73 ޕޮއިންޓާއެކު އެޓީމު އަދިވެސް އޮތީ 11 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު ލީގު ތާވަލުގެ އެއްވަނައިގައެވެ.
ލީގުގައި ފުލަމް އެންމެ ފަހުން ކުޅުނު މެޗުގައި އާސެނަލް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން އެވަޓަން ބަލިކޮށްފައެވެ.
Advertisement
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ލިވަޕޫލް އިންނެވެ. މިލަނޑު ފުރަތަަމަ ހާފުގެ ފުރަތަަމަ ހާފުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އެލެކްސިސް މާކް އެލިސްޓާއެވެ.
ފުލަމް އިން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ރަޔަން ސެސެންޏޮން ކާމިޔާބުކުރިއިރު، އެޓީމުން މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑުހޯދި ލަނޑު 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެލެކްސް އައިވޯބީ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ރޮޑްރިގޯ މިއުނިޒް އެވެ.
މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ފުލަމް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފަހުހާފުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލުއިސް ޑިއާޒް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ