ބަނގުރަލާ، ނެނޯ ސްޓިކް އަދި ކާޓްރިޖާއެކު ދެ މީހަކު ހައްޔަރުކޮށްފި ފައިސާ މާރުކުރުމުގައި ސަމާލުވުމަށް އެދިއްޖެ ހެލްމެޓު އެޅުންލާޒިމުނޫން ތަންތަނުގައި ހެލްމެޓު އަޅާނަމަ ހުއްޓުވަނީ މަސްތުވާތަކެއްޗާއެކު 2 މީހަކާއި 17 އަހަރުގެ ކުޑަކުއްޖަކު ހައްޔަރުކޮށްފި މަގުބ

ހެންވޭރުގެ ގެއެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ޒުވާނަކު ވެއްޓުނު މައްސަލައިގައި ތަހުގީގަށް އެއްބާރުލުން ނުދޭތީ މީހަކު ހައްޔަރުކުރުމަށް ފުލުހުން ކޯޓު އަމުރަކަށް އެދިއްޖެއެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ ހިނގި މި ހާދިސާގައި ފުރާޅުން ވެއްޓިފައިވަނީ ކ.މާލެ، ރަނައުރާގެއާގެ ހައްވާ ޔުމްނު ރަޝީދު (21އ) އެވެ. މި މައްސަލަ އާއި ގުޅިގެން ތަހުގީގަށް އެއްބާރުލުން ނުދޭތީ ރައުދު އަހްމަދު ޒިލާލް، ހައްޔަރުކުރުމަށް ފުލުހުން ވަނީ ކޯޓު އަމުރަށް އެދިފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، ޔުމްނު އާއި ރައުދުގެ ލެބް ރިސަލްޓް އިން ދައްކާ ގޮތުގައި ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ކެނަބިސް ބޭނުން ކުރި މީހަކު މި މިންވަރަށް މަސްތުވެފައި ހުރެދާނެ ކަމަށް ގަބޫލު ނުކުރެވޭކަން ހާމަކޮށް ނަވީން ވިދާޅުވީ ހެންކަމުން އެ ސާމްޕަލް ތަކުގެ އިތުރު ޓެސްޓްތައް ހެދުމައްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިހާތަނަށް އައި އިރު ރައުދުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު މި ހާދިސާގައި ހިމެނޭ އެންމެންގެ ޕާސްޕޯޓް ވެސް ފުލުހުން ވަނީ ހިފަހައްޓާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ