"އަގު އެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ" ތަމްރީން ޕްރޮގްރާމެއް، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީ ގުޅިގެން ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންގޮސްފިއެވެ.
މި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ މި މަހުގެ ދެ ވަނަ ދުވަހުން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދެވުނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މާލީ އެހީތެރިވަމާއެކުގައެވެ
މި ތަމްރީން ޕްރޮގްރާމްގައި 8 ފިރިހެން އަދި 6 އަންހެން ބައިވެރިންނާއެކު ޖުމްލަ 14 ބައިވެރިން ބައިވެރިވެ، ތަމްރީން ޕްރޮގްރާމް ވަނީ ފުރިހަމަކޮށްފައެވެ.
ހަބަރު: ސަރުކާރު
"އަގު އެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމުގެ" ތަމްރީން ޕްރޮގްރާމެއް ކުޅުއްދުއްފުށި ސިޓީގައި ކުރިއަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ