ރަމަޟާން މަހުގެ ކަރަންޓްބިލުން ޑިސްކައުންޓް ދެއްވަން ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު އެންމެ ފުރިހަމައަށް ތަންފީޒުކުރަން މާދަމާ މުޅި ސްޓެލްކޯ ނުކުންނާނެ!

ރަމަޟާން މަހުގެ ކަރަންޓްބިލުން ޑިސްކައުންޓް ދެއްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު އެންމެ ފުރިހަމައަށް ތަންފީޒުކުރަން ކުރަންޖެހޭ މަސައްކަތް ފަށަން މާދަމާ މުޅި ސްޓެލްކޯ އެކުގައިހެން ނުކުންނަން ނިންމައިފިއެވެ. 
އެހެންވެ މާދަމާ ސްޓެލްކޯގެ އިސްވެރިންވެސް ހިމެނިވަޑައިގަންނަވާނެ ގޮތަށް 350 ވަރަކަށް މުވައްޒިފުން ގޭގެއަށް ޒިޔާރަތްކުރައްވައި މިމަހުގެ ރީޑިންގ ނެންގެވުމުގެ މަސައްކަތްކުރައްވާނެއެވެ. "ބޭނުމަކީ މިދިއަ ރޯދަ މަހު ކުރިމަތިވިފަދަ ކަމެއް ކުރިމަތިނުވާނެހެން ރޯދަމަހުގެ 30 ދުވަހަށް ބިލްކުރުން! އެކަން ކުރެވޭނީ މިމަހުގެ ރީޑިންގ ކުރިއާލައި ނަގައިގެންކަމަށްވާތީ އެމަސައްކަތަށް މުޅި ސްޓެލްކޯ އެކުގައިހެން ނުކުމެ މާލެއާ ހުޅުމާލެ ރީޑިންގ ނަގާނެ! މުޅި ރާއްޖޭގައިވެސް ނަގާނެ! ދެން ރަމަޟާން މަސް ނިމޭދުވަހު، މާރިޗް 31 ވަނަދުވަހު ރީޑިންގ ނަގާނެ. އެއިރުން އަންނަ މަހުގެ ބިލްގައި ހިމެނޭނީ ރަމަޟާން މަހުގެ ދުވަސްތައް! ބިލްބަހާނީ ރަމަޟާން މަސް ނިމުނީމަ!" 
ސްޓެލްކޯ އިން ބުނީ ބިލަށް ޑިސްކައުންޓް ދިނުމުގައި ބަލާނީ ފާއިތުވި 9 މަސްދުވަހުގެ ބިލުގެ އެވްރެޖަށް ކަމަށެވެ. އަދި ކޮންމެ ގެއަކަށްވެސް މަދުވެގެން 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.   
ސްޓެލްކޯއިން ބުނެފައިވަނީ މާދަމާ ކުރިއަށް ގެންދާ ރީޑިންގ ނެގުމުގެ މަސައްކަތަށް ހުރިހާ ގޭބިސީތަކުގެ އެއްބާރުލުންވެސް ބޭނުންވާކަމަށެވެ.  
ޑރ. މުހައްމަދު މުޢިއްޒު ވަނީ ކުރިއަށް އޮތް ރަމަޟާންމަހުވެސް ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެކަމަށް މިމަހުގެ 23 ވަނަ ދުވަހު ދ.ކުޑަހުވަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިޢުލާނުކުރައްވައިފައެވެ. "ގޭގައި ގިނަވަގުތު ނޫޅޭ ފަރާތްތަކުންވެސް ގޭގައި އުޅޭނެ ވަގުތު ސްޓެލްކޯއަށް އަންގާލުމުން އެ ކުންފުނިން އެ ވަގުތުގައި ރީޑިންގ ނަގަންދާނެ."
މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓް ބިލުތަކަށް 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދެއްވާފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ރަމަޟާންމަހަށްޓަކައި ރައްޔިތުންނަށް މިފަދަ ބޮޑު ޢިނާޔަތެއް ދެއްވި ފުރަތަމަ ރައީސްކަން ފާހަގަކުރެވެއެވެ.
 
ގުޅުން ހުރި އޯޑިއޯ- ށްޓެލްކޯއިން ދިން މަޢުލޫމާތުގެ:
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ