އެމްއައިބީ އާއި އިހުސާނު ފިހާރަ ގުޅިގެން ބޮޑު ޕްރޮމޯޝަނެއް

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އާއި އިހުސާނު ފިހާރަ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ވީ ކިހިނެއް - ރޯދަ މަހުގެ 1 އިން ފެށިގެން ރޯދަ މަސް ނިމެންދެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ މުއްދަތުގައި އިހުސާނު ފިހާރައިގެ 4 ތަނުން ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ދުވަހަކު 4 ނަސީބުވެރިން ހޮވާނެ އެވެ.
ތަފްސީލް - މި ޕްރޮމޯޝަންގެ ދަށުން:
އިހުސާން ފިހާރައިން 200ރ. އިން މަތިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ކޫޕަނެއް ލިބޭނެ
ކޮންމެ ހަފްތާއަކު ނަސީބުވެރިން ހޮވައި އިނާމަކަށް 1،000ރ. ދޭނެ
މީގެ އިތުރުން، މި މަހުގެ 20 އިން އޭޕްރިލް 20ގެ ނިޔަލަަށް އިހުސާން ފިހާރައިން ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން 200ރ. އިން މަތިން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ 3 ކަސްޓަމަރުންނަށް ހާއްސަ ފައިސާގެ އިނާމުތައް ވަނީ ކަނޑައަޅައިފަ އެވެ.
ނަސީބުވެރިންނަށް ހޮވޭ ކަސްޓަމަރުންގެ ތެރެއިން:
1 ވަނަ - 75،000ރ.
2 ވަނަ - 50،000ރ.
3 ވަނަ - 25،000ރ.
"އަޅުގަނޑުމެންގެ މަގްސަދަކީ ވީހާ ވެސް ގިނަ
ފަރާތްތަކަށް އިނާމު ލިބޭ ގޮތަށް މި ޕްރޮމޯޝަން ބައްޓަން ކުރުން. އިހުސާން
ފިހާރައާ އެކު މި ފެށި ޕްރޮމޯޝަންގެ ސަބަބުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ
އިހުސާން ފިހާރައިގެ ކަސްޓަމަރުންނަށް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ،"
އެމްއައިބީގެ މީޑިޔާ މެނޭޖަރު އަހްސަން ޖަމީލް ވިދާޅުވި އެވެ.
މި ޕްރޮމޯޝަންގެ ދަށުން އިހުސާން ފިހާރައިން
މާލޭގައި ހިންގާ 2 ފިހާރަ އާއި ހުޅުމާލެ ފޭސް 2ގައި ހިންގާ ފިހާރައިގެ އިތުރުން،
ވިލިމާލޭ އިހުސާން ފިހާރައިން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން 200ރ. އިން
މަތީގެ ހުރިހާ ވިޔަފާރިއަކަށް ކޫޕަން ލިބޭނެ އެވެ.
އެނގުން މުހިންމު - ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލް ފްލެޖް އިސްލާމިކް
ބޭންކުން އަންނަނީ އެ ބޭންކުގެ ކަސްޓަމަރުންނަށް އަމާޒުކޮށް ގިނަ ޕްރޮމޯޝަންތަކެއް
ހިންގުމަށް ތައްޔާރުވަމުންނެވެ.
އެ ބޭންކުން ވަނީ ރާއްޖެއަށް އަލަށް ފަސޭހަކަމާ އެކު
ޕީއޯއެސް މެޝިނުން ފައިސާ ދެއްކޭ ޓެގެއް ވެސް ތައާރަފްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ