ބުރުނު ޝިކާރުގެ އެއްވަނަ ކުޑަ އައްޔަ، އާމިން އަދި އިޔަންއަށް
ގައުމީ ބޮޑީބޯޑީން ލީގުގެ އެންމެ ފުރަތަމަ މުބާރާތް ކަމަށްވާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2025 ގެ ޑްރޮޕްނީ ކެޓަގަރީގެ ޗެމްޕިއަންކަން އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ)، އަދި މެންސް އޯޕަން ބައިގެ ޗެމްޕިއަންކަން އާމިން އުމަރު މޫސާ ހޯދައިފިއެވެ. މުބާރާތުގެ ޑްރޮޕްނީ ކެޓެގަރީގެ އެއްވަނަ ކުޑަ އައްޔަ ހޯދީ ފައިނަލްގައި އާމިންއާ ވާދަކޮށް 11.00 ގެ ސްކޯއަކުންނެވެ. މި އިވެންޓުގެ ތިންވަނަ ހޯދީ ދާއިން އަބުދުލް ފައްތާހު އާއި މުޙައްމަދު އަޒާން އަޙްމަދެވެ. މެންސް އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން އާމިން ހޯދީ 13.76 ގެ ސްކޯއަކުންނެވެެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކުޑަ އައްޔަ ބަލިކުރުމަށްފަހުއެވެ. މެންސް އޯޕަން ކެޓަގަރީގެ ތިންވަނަ ހޯދީ އަލީ ޖާވިދު (ޖާއްޓޭ) އާއި އަޙްމަދު ނަޒްމީންއެވެ. މީގެ އިތުރުން މުބާރާތުގެ ޖޫނިއާ މެންސް ކެޓަގަރީގެ އެއްވަނަ ހޯދާފައިވަނީ އިޔަން އަޙްމަދެވެ. އޭނާ އެއްވަނަ ހޯދީ ފައިނަލްގައި 13.00 ގެ ސްކޯއަކުންނެވެ. ދެވަނަ ހޯދީ މުޙައްމަދު އަޒާން އަޙްމަދެވެ. ޖޫނިއާ މެންސް ކެޓަގަރީގެ ތިންވަނަ ހޯދާފައިވަނީ ނޫހު މުޙައްމަދު ދުނެއިމް އިރުޝާދު އާއި މުޙައްމަދު ލިބާންއެވެ. ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖަކީ ގައުމީ ބޮޑީބޯޑިން ލީގުގެ މި އަހަރުގެ ފުރަތަމަ މުބާރާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ