ނޯރާއާ ގުޅުން ނެތް މަސްތުވާތަކެތީގެ މައްސަލައެއްގައި ނަން ބޭނުންކުރާތީ ހިތްހަމަނުޖެހިފައި

އިންޑިއާގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގާ މަޝްހޫރު ދާއޫދު އިބްރާހީމްއާ ގުޅުންހުރި ޑްރަގް މައްސަލައެއްގައި ބޮލީވުޑްގެ ނެށުންތެރިޔާ ނޯރާ ފަތޭހީގެ ނަން ބޭނުންކުރާތީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ނޯރާ ބުނީ މީގެކުރިންވެސް އޭނާއާ ގުޅުން ނެތް އެފަދަ މައްސަލަތަކާ ގުޅުވައިގެން ނޯރާގެ ނަން މީޑިއާތަކުން ބޭނުންކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާރު ދެން އެކަންތައް މާ ބޮޑުވެއްޖެ ކަމަށާއި, އޭނާގެ ނަން ބޭނުންކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ނޯރާ ވަނީ ދީފައެވެ. އިންޑިއާއިން ޓެރަރިސްޓެއްގެ ގޮތުގައި ސިފަކުރާ ދާއޫދު އިބްރާހީމްއާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލައެއް ފެންމަތިވެފައިވާއިރު ނޯރާއާ އެކަމާ ގުޅުން އޮތް ކަމަށް ބުނެ އެއްވެސް އިދާރާއަކުން ލިޔުމެއް ނުވަތަ ބަޔާނެއް ނެރެފައެއް ނުވެއެވެ. ނޯރާ އަދި ބަތަލާ ޝްރައްދާ ކަޕޫރު--ފޮޓޯ/ފިލްމުފެއަ އެހެންކަމުން އެއްވެސް ހަގީގަތެއް ނެތި ނޯރާގެ އަގު ވައްޓާލަން މަސައްކަތް ނުކުރުމަށް މިހާރު ބައެއް ފިލްމުތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ ބަތަލާ ވަނީ ބުނެފައެވެ. ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ނޯރާ ބުނީ، އޭނާ އަކީ ޕާޓީ ކުރަމުން މަސްތުވާތަކެތި ގެންގުޅޭ މީހުންނާ ގުޅުން ބާއްވަމުންދާ މީހެއް ނޫންކަމަށެވެ. ނޯރާ އަކީ އަބަދުވެސް މަސައްކަތް ކުރުމަށް ލޯބިކުރާ މީހެއް ކަމަށާއި އޭނާ ގިނަ ވަގުތު އަވަދިނެތި އުޅެނީ ފިލްމީ މަސައްކަތްތަކުގައި އެކި ތަންތަނަށް ދަތުރުކުރުމަށް ކަމަށް ވަނީ ބުނެފައެވެ. ބަންދު ދުވަހެއް ލިބިއްޖެނަމަ އެ ދުވަސްތައް އޭނާ ހޭދަކުރަނީ ދުބާއީގެ ބީޗް ސަރަހައްދުގައި ސްކޫލް ދައުރުގެ ރަހްމަތްތެރިންނާއި އެކު ކަމަށާއި ރެއާއި ދުވާލު އޭނާ ހޭދަކުރަނީ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެންތައް ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމުގައި ކަމަށް ނޯރާ ވަނީ ބުނެފައެވެ. މަސްތުވާތަކެއްޗާއެކު އިންޑިއާއިން ބޭރުގައި ބޭއްވި ޕާޓީއެއްގައި ހަރަކާތްތެރިވި ކަމަށް ބަޔަކު މީހުން ނޯރާއަށް ތުހުމަތުކޮށްފައިވާއިރު އެ ލިސްޓުގައި ބަތަލާ ޝްރައްދާ ކަޕޫރު އާއި ޝްރައްދާގެ ބޭބެ ސިދާތު ކަޕޫރުގެ ނަން ވެސް ހިމެނެއެވެ. މީގެއިތުރުން އަލީޝާ ޕާކަރު، ޒީޝަން ސިއްދީގީ، އައްބާސް މަސްތާން އަދި އޮރީ ވެސް މި ލިސްޓުގައި ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ