އެޑްވަޓޯރިއަލް: ޑާމެޓޮލޮޖީ ގުޅެނީ ހަމައެކަނި ހަންގަނޑުގެ ރީތިކަމަކާއެއް ނޫން
ޑާމެޓޮލޮޖީ ނުވަތަ ހަމުގެ ފަރުވާއަކީ ހަމައެކަނި ރީތިކަމާއި، އުމުރުން ދުވަސްވުމުގެ އަލާމާތްތަކާ ގުޅިފައިވާ ދާއިރާއެއް ކަމަށް ގިނަ ބަޔަކަށް ހީކުރެވެއެވެ. ނަމަވެސް ޑާމެޓޮލޮޖީއަކީ އެއަށްވުރެ ފުޅާ ދާއިރާއެކެވެ. ސިއްހީ ޚާއްސަ ދާއިރާއެއް ކަމަށްވާ ޑާމެޓޮލޮޖީއަކީ ހަމާއި އިސްތަށިގަނޑާއި ނިޔަފައްޗަށް ދިމާވާ މައްސަލަތައް ދެނެގަނެ، ފަރުވާކުރާ ދާއިރާއެވެ. އެގޮތުން ފަރުވާ ދޭ އާންމު ބައެއް މައްސަލަތަކުގެ ތެރޭގައި އެކްޒެމާ، ސޮރައިސިސް، ފަންގަލް އިންފެކްޝަން، ބިހި ނެގުން އަދި އެލާޖިކްވުން ހިމެނެއެވެ. މީގެ އިތުރުން ވެސް، އަމިއްލަ ހަށިގަނޑުގެ ތެރެއިން ގުނަވަންތަކަށް ގެއްލުން ލިބޭ އޮޓޯއިމިއުން ކޮންޑިޝަންތަކާއި ހަމުގެ ކެންސަރު ފަދަ ބަލިތަކަށް ޑާމެޓޮލޮޖިސްޓުން ފަރުވާދެއެވެ. އެހެންނަމަވެސް، ހަންގަނޑުން މައްސަލައެއް ފާހަގަވުމުން އެއީ ކްރީމެއް ހާކައިގެން ނުވަތަ އަމިއްލައަށް ކޮންމެވެސް ހައްލެއް ހޯދައިގެން ރަނގަޅު ކުރެވޭނެ ކަމެއް ކަމަށް އާންމުކޮށް ބެލެވެއެވެ. ނަމަވެސް ހަގީގަތަކީ، ހަންގަނޑުން ފެންނަ ކަމަކީ އާންމުކޮށް އެތެރެހަށީގައި ހިނގާ ކަމެއްގެ ހެއްކެއް ކަމެވެ. https://sun.mv/208334 މިސާލަކަށް، ކަރުގައި ނުވަތަ ކިހިލިފަތްދޮށުގައި ހަންގަނޑު ކުލަ އަނދިރިވެފައި ހުންނަ ނަމަ، އެއީ ހަކުރު ބަލީގެ އަލާމާތަކެވެ. އަދި އިސްތަށި ފައިބާ ނަމަ އެއީ ތައިރޮއިޑް މައްސަލައެއް ކަމަށް ވެދާނެއެވެ. ނުވަތަ ނިޔަފަތި ކުރަކިވެ، ހަންގަނޑަށް ބަދަލު އަންނަ ނަމަ އެއީ ވިޓަމިނެއް މަދުވުމުގެ ހެއްކެކެވެ. އީވް ކްލިނިކް --- ވީމާ އެފަދަ މައްސަލަތައް ފާހަގަވުމުން، ހަގީގަތް ދެނެގަތުމަށް ޑާމަޓެލޮޖިސްޓަކަށް ޒިޔާރަތް ކުރުން ވަރަށް މުހިންމެވެ. އެގޮތުން ހަމުގެ ޑޮކްޓަރަކަށް ދައްކަންވީ: ހަމުގެ މައްސަލައެއް ދެތިން ހަފުތާއަށް ހުންނަ ނަމަ ހަންގަނޑުގައި އާންމުކޮށް ނުހުންނަ އެއްޗެއް އުފެދުން މައްސަލަ ދިމާވާ ސަބަބެއް ނޭނގި ގައި ހިރުވުން، އިސްތަށި ފޭބުން ނުވަތަ ބިހި ނެގުން ހަމުގެ މައްސަލައަށް ބޭނުންކުރާ ކްރީމްތަކުން އެއްވެސް ހައްލެއް ނުލިބުން ޑާމެޓޮލޮޖީން ހަމުގެ މައްސަލަތަކަށް ވަގުތީ ހައްލެއް ލިބިދިނުމުގެ ބަދަލުގައި ދާއިމީ ހައްލެއް ފޯރުކޮށްދެއެވެ. އަދި މުސްތަގުބަލުގައި މައްސަލަ ތަކުރާރު ނުވާނެ ގޮތް ވެސް އަންގައިދޭނެއެވެ. އެ ފަރުވާތައް، އީވް ކްލިނިކްގެ ތަޖުރިބާކާރު ޑާމެޓޮލޮޖިސްޓުންގެ ފަރާތުން ލިބޭނެއެވެ. އެގޮތުން، ހަންގަނޑުގެ ކުލަ އަނދިރިވުމަށް ހައްލު ހޯދުމާއި، ލޭޒާ ހެޔާ ރިމޫވަލްއާއި ވާޓް (އުން) ރިމޫވާލް އާއި އެހެނިހެން ކޮސްމެޓިކް އަދި ޑާމެޓޮލޮޖިކަލް ޚިދުމަތްތައް އީވް ކްލިނިކުން ލިބެން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ