ޕާސްޕޯޓު ކާޑުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި

ސިސްޓަމް އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ޕާސްޕޯޓު ކާޑުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
ވީ ކިހިނެއް؟ - އިމިގްރޭޝަނުން މިއަދު ބުނީ ސިސްޓަމް އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ޕާސްޕޯޓު ކާޑުގެ ހިދުމަތް މިވަގުތު މެދުކަނޑާލާފައިވާ ކަމަށާއި ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ،
ތަފްސީލް - ރާއްޖޭގައި ޕާސްޕޯޓު ކާޑު ތައާރަފު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، 2017 ވަނަ އަހަރު އެވެ.
މާސްޓާ ކާޑު ޑެބިޓް އަދި ޕްރީޕެއިޑް ކާޑެއްގެ އިތުރުންއެލައިޑް އިންޝުއަރެންސްގެ އިންޝުއަރެންސް ކާޑުގެ ގޮތުގައި ވެސް ޕާސްޕޯޓު ބޭނުންކުރެވެ އެވެ.
މީގެ އިތުރުން އީ-ގޭޓު ހިދުމަތާއި ސެކަންޑްރީ އައިޑެންޓިފިކޭޝަން ލިޔުމެއްގެ ގޮތުގައި ބޭނުން ކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ