އެފްއައިވީބީގެ ލެވަލް ތިނެއް ކޯޗިން ފާސް ހޯދި ފުރަތަމަ ދިވެހި އަންހެން ކޯޗަކީ މުންނަ އެފްއައިވީބީގެ ލެވަލް ތިނެއް ކޯޗިން ފާސް ހޯދި ފުރަތަމަ ދިވެހި އަންހެން ކޯޗަކީ މުންނަ

ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމިއްޔާ، އެފްއައިވީބީގެ ކޯޗިން ލެވަލް ތިނެއް ކޯސް ފުރިހަަކޮށް، ރާއްޖޭގެ ކޯޗު، މުނާ މުނީރު (މުންނަ) ތާރީހުން ޖާގަ ހޯދައިފި އެވެ.
ރާއްޖޭގެ ވޮލީބޯޅައިގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ، މުނާ އަކީ މި ލެވަލް ފުރިހަމަ ކުރި ދިވެހި ފުރަތަމަ އަންހެން ކޯޗެވެ. މުނާ، ލެވަލް ތިނެއް ކޯޗިން ކޯސް ފުރިހަމަކުރީ، މި މަހު 5-12 އަށް ޖޯޑަންގައި ކުރިއަށްދިޔަ ލެވަލް ތިނެއްގެ ކޯހުގައި ބައިވެރިވެގެންނެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފައިވަނީ، މުންނަގެ މި ކާމިޔާބީގެ ސަބަބުން، އަރަމުން އަންނަ ކޯޗުންނަށް އޭނާގެ ފަރާތުން ހިތްވަރު ލިބި، އެތުލީޓުންގެ ހިތުގައި ވެސް މުސްތަގުބަލުގައި ވޮލީބޯޅަ ކޯޗިން އިން ކުރިއަށް ދިއުމަށް ހިތްވަރަކަށް ވެގެންދާނެ ކަމަށެވެ.
ރާއްޖޭގެ އަންހެން ވޮލީބޯޅައިގައި މުންނަ ވަނީ ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފަ އެވެ. ވޮލީން ބްރޭކެއްގައި ހުރުމަށް ފަހު، މީގެ ތިން އަހަރު ކުރިން، މުންނަ އެނބުރި އައީ ކްލަބް އީގަލްސްއާ އެކުގަ އެވެ. އެ ޓީމަށް 2022 ވަނަ އަހަރުގެ ވޮލީ ސީޒަނުގައި ރަނގަޅު މަސައްކަތްތަކެއް ކޮށްދިން މުންނަ، އެންމެ ފަހުން ފެނުނީ ޕޮލިސް ކްލަބްގެ ބެންޗުންނެވެ.
އަދި، މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގައި، ޕޮލިސް ކްލަބްގެ އަންހެން ޓީމަށް ގައުމީ ލީގު ކާމިޔާބުކޮށްދިނެެވެ.
ގައުމީ އަންހެން ވޮލީބޯޅަ ޓީމުގައި ވެސް މުންނަ ވަނީ ކޯޗިންގެ މަސައްކަތްތަކެއްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ