ޑްރަގު އޮޕަރޭޝަނުގައި 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 110 މީހުން ހައްޔަރުކުރި، ކޯޓަށް ހާޒިރުކުރީ 38 މީހުން ޑްރަގު އޮޕަރޭޝަނުގައި 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 110 މީހުން ހައްޔަރުކުރި، ކޯޓަށް ހާޒިރުކުރީ 38 މީހުން

"އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނުގައި 29 . ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 110 މީހުން ހައްޔަރުކުރިއިރު އޭގެ ތެރެއިން ކޯޓަށް ހާޒިރުކުރި 38 މީހެއްގެ ވަނަވަރު މިއަދު އާންމުކޮށްފި އެވެ.
އޭގެ ތެރެއިން 68 މީހެއް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވުވެފަ އެވެ. ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރި ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ކޯޓަށް ވެސް ހާޒިރުކުރީ 38 މީހެކެވެ.
"ހައްޔަރު ކުރެވުނު ފަރާތްތަކުގެ ތެރެއިން ކޯޓަށް ހާޒިރުކޮށްފައި ވަނީ އެ ފަރާތްތަކުގެ ކުށުގެ ރެކޯޑާއި މައްސަލައިގެ ކުޑަބޮޑު މިނަށް ބަލާފައި. އާންމު އުސޫލަކީ އަތުން މަސްތުވާތަކެތި ފެންނަ ހާލަތުގައި ކޯޓަށް ހާޒިރުކުރާނެ. ބައެއް ފަރާތްތަކަކީ ހަމައެކަނި ޔޫރިން ޕޮޒިޓިވުވީމައި އެ ސަބަބަށްޓަކައި އަޅުގަނޑުމެން ކޯޓަށް ހާޒިރު ނުކުރަނީ އެ ފަރާތުގެ ކުށުގެ ރެކޯޑަށް ބަލާފައި،" ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ނާއިފް ވިދާޅުވި އެވެ.
މި އޮޕަރޭޝަނުގައި 500 ފުލުހުން ބައިވެރިވިއިރު މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 39 ރަށުގައި މި އޮޕަރޭޝަން ހިންގި އެވެ. އަދި 105 ތަނެއް ބަލައިފާސްކޮށް ނުވަ އެއްގަމު އުޅަނދާއި ކަނޑު އުޅަނދެއް ބަލައިފާސްކުރި ކަމަށް ފުލުހުން ބުނެ އެވެ.
މި އޮޕަރޭޝަނަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ މިފަދަ ފުރަތަމަ އޮޕަރޭޝަނެވެ.
އެ މަސައްކަތުގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ އަދި ކުށްކުރާ ގޭންގުތަކާއި ދެކޮޅު އޮޕަރޭޝަންތަކުގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޭންގު ގާނޫނެއް ވެސް މި ސަރުކާރުން ވަނީ ހަދާފަ އެވެ. ބެލެވޭ ގޮތުގައި މިއަދުގެ ބޮޑު އޮޕަރޭޝަން ގައި ގޭންގު ގާނޫނުގެ ބޭނުން ފުލުހުން ހިފާނެ އެވެ.
މި ސަރުކާރުން ބުނާ ގޮތުގައި، ޑްރަގާ ދެކޮޅަށް ސަރުކާރުން ގެންގުޅެނީ ވަރަށް ހަރުކަށި ސިޔާސަތެކެވެ. އެ ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބޭން ދިރާސާ ކުރަން ޖުލައި މަހު މުއިއްޒު އެންގެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ