އުރީދޫ ފަން ރަންގައި ރެޖިސްޓާވާން ބަކީ 7 ދުވަސް: އަވަހަށް ރެޖިސްޓާވެލާ!
ހުޅުމާލޭގައި ބާއްވާ އުރީދޫ ފަން ރަންގައި ރެޖިސްޓާވާން އޮތް މުއްދަތު ހަފުތާއަކަށް ކުޑަތަން ވެއްޖެއެވެ. ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި ސިފަކޮށްފައިވާ، އުރީދޫ ފަން ރަން ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަހުގެ 19ގައެވެ. އުރީދޫ ފަން ރަންއަށް ރަޖިސްޓްރީވުމުގެ މި މަހުގެ 14 ވަނަ ދުވަހުގެ 23:59 ގެ ނިޔަލަށް އޮންނާނެއެވެ. ބައިވެރިންނަށް ދެ ކިޓް އޮޕްޝަނެއް އިޚްތިޔާރު ކުރެވޭނެ: ސްޓޭންޑާޑް ކިޓްސް - 110 ރުފިޔާ: ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެއް ހިމެނޭ ފަން ކިޓްސް - 210 ރުފިޔާ: ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި އައިގްލާސް އަދި މަލްޓިޕާޕަސް ބަންޑާނާ ހިމެނޭ ފަން ކިޓްގެ ބިބް ކަސްޓަމައިޒް ކުރުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް އޮންނާނެ ކަމަށް އުރީދޫން ބުންޏެވެ. އެކަމަށް އިތުރު އަގެއް ނުނަގާނެކަން އެ ކުންފުނިން ފާހަގަކުރެއެވެ. އުރީދޫ ފަން ރަންއަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި 6500 އަށްވުރެ ގިނަ ބައިވެރިން ހިމެނުނެވެ. ހަ އަހަރުން މަތީގެ ކުޑަކުދިންއިން ފެށިގެން ހުރިހާ އުމުރެއްގެ ކުދިންނާއި މީހުންނަށް މި ދުވުމުގައި ބައިވެރިވެވޭނެއެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއްކަން އުރީދޫން ފާހަގަކުރެއެވެ. އުރީދޫން ބުނީ، ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ