ފަރަންސޭސިވިލާތުގެ ޤައުމީ އެއާލައިން، އެއާ ފްރާންސުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފިއެވެ.
އެމްއޭސީއެލުން ބުނީ ޓާމިނަލް
1 އިން އެއާ ފްރާންސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ހާއްސަ ރަސްަމިއްޔާތެއް ބާއްވާފައިވާކަމަށެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަންޓާ އޭވިއޭޝަންގެ ޑެޕިއުޓީ ސީއީއޯ އަދި
އެކައުންޓަބަލް މެނޭޖަރު އަހުމަދު މައުމޫންއެވެ. ރަސްމިއްޔާތުގައި އެމްއޭސީއެލްގެ
އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެއާ ފްރާންސުން އައު ޓާމިނަލް ބޭނުންކުރަން ފެށުން.. ފޮޓޯ: އެމްއޭސީއެލް
ޓާމިނަލް
1 އިން އެއާ ފްރާންސްއަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ
އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 51 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ.
އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެއާ
ފްރާންސްގެ ފުރަތަމަ ފްލައިޓް, AF268 އިން ރާއްޖެ އައި 332 ފަސިންޖަރުންނަށް ވަނީ ސަގާފީ
ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
އެއާ ފްރާންސުން އައު ޓާމިނަލް ބޭނުންކުރަން ފެށުން.. ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލުން ބުނީ އެއާ ފްރާންސް އަކީ ޓާމިނަލް
1 އިން ހިދުމަތް ދޭން ފެށި ފްރާންސްގެ ފުރަތަމަ އެއާލައިނެވެ. އެއާ ފްރާންސުން ރާއްޖެއަށް އުދުުހުންތައް ފަށާފައިވަނީ 2017 ވަނަ އަހަރުގެ ނިވެމްބަރުމަހުގެ 2 ވަނަ ދުވަހެވެ.
އެއާ ފްރާންސުން އައު ޓާމިނަލް ބޭނުންކުރަން ފެށުމާއެކު، މިހާރު 34 އެއާލައިނަކުން ދަނީ ވީއައިއޭ އައު ޓާމިނަލް ބޭނުންކުރަމުންނެވެ.
އެއާ ފްރާންސުންވެސް ވީއައިއޭގެ، އައު ޓާމިނަލް ބޭނުންކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ