އެޗްޑީސީގެ ޗެއާމަނަކަށް ފުއާދު ގާސިމް

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަނަކަށް ފުއާދު ގާސިމް ހަމަ ޖައްސައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރައްވި ޓްވީޓެއްގައި ވަނީ އެކަން ފުއާދު އެ މަގާމަށް ހަމަޖެއްސެވިކަން ކަށަވަރުކޮށްދެއްވާފަ އެވެ.
ފުއާދް އަކީ ހެލްތު މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީގެ ވެސް ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އެޗްޑީސީގެ ޗެއާމަނަކަށް ފުއާދު ހަމަޖައްސަވާފައިވާ އިރު މީގެ ކުރިން އެމަގާމުގައި ހުންނެވީ މުހައްމަދު އަސީލް އެވެ.
އަސީލް މަގާމުން ދުރު ކުރީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގުގެ ތެރެއިން ފެންމަތިވި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރެއިންނެވެ. އޭނާ ރާއްޖެއިން ބޭރުގައި ހުރި އިރު މިހާރު ވަނީ ހޯދަން އިއުލާންކޮށް އިންޓަޕޯލް ރެޑްނޯޓިސް ވެސް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ