ދިވެހިރާއްޖޭގައި ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ދުވަހާއިގުޅުވައިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިއެވެ.
ރައީސްގެ މެސެޖުގައި، ފުޓުބޯޅައިގެ ސަބަބުން މުޖުތަމައު ބަދަހިވެ، އަންނަން އޮތް ޖީލުތަކަށް ދޭ ހިތްވަރަކީ، ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި ކުޅިވަރުގެ ވަޞީލަތްތައް ގާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބޭ ހިތްވަރެއްކަމުގައި ވިދާޅުވެފައިވެއެވެ. ފުޓުބޯޅަ އަކީ މުޅި ދުނިޔެވެސް އެއްބައިވަންތަ ކުރުވާ، ބަދަހި ކުޅިވަރެއްކަން ފާހަގަކުރައްވާ، ފުޓުބޯޅަ ދެކެ ލޯބިވާ، ޝައުގުވެރިވާ ފަރާތްތަކަށް އަދި މިކުޅިވަރުގައި އެކި ގޮތްގޮތުން ޝާމިލުވާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ފުޓުބޯޅައިގެ އުމްރާނީ ވަޞީލަތްތައް ތަރައްގީކޮށް ކުރިއެރުވުމާއި، ފީފާއިން ގަބޫލުކުރާ ފެންވަރުގެ ފުޓުބޯޅަ ދަނޑުތައް އެޅުމުގެ އިތުރުން، އިސްލާހުކުރެވިފައިވާ ކުޅިވަރުގެ ޤާނޫނާއެކު، ކުޅިވަރު ލާމަރުކަޒީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ ކާމިޔާބު މަސައްކަތަކީ، ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި، ދުޅަހެޔޮ، ހަށިހެޔޮ ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމަށް ގެންގުޅޭ ތަސައްވުރާއި އަޒުމުގައި މިސަރުކާރު އަބަދުވެސް ދެމި އޮންނާނެ ކަމުގެ ހެއްކެއްކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
"ފުޓުބޯޅައިގެ ސަބަބުން މުޖުތަމައު ބަދަހިވެ، އަންނަން އޮތް ޖީލުތަކަށް ދޭ ހިތްވަރަކީ، ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި ކުޅިވަރުގެ ވަޞީލަތްތައް ގާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބޭ ހިތްވަރެއް. މިސަރުކާރުން، ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި، ދުޅަހެޔޮ، ހަށިހެޔޮ ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމަށް ގެންގުޅޭ ތަސައްވުރާއި އަޒުމުގައި މިސަރުކާރު އަބަދުވެސް ދެމި އޮންނާނެ". ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ކުޅިވަރުގެ ޤާނޫނަށް ގެނައި އިސްލާހާއެކު ރާއްޖޭގައި ކުޅިވަރު ލާމަރުކަޒީ ކުރަން ސަރުކާރުން މުހިންމު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ޒަމާންތަކެއް ވަންދެން ރާއްޖޭގައި ހަމައެކަނި މާލޭގެ ކުލަބުތަކަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބޭގޮތަށް އޮތް އޮތުން މިހާރު ވަނީ ބަދަލުކޮށްފައެވެ. މުޅި ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައި، އަތޮޅުތެރެއިން ރަށްތައް ތަމްސީލުކުރާ ޓީމުތަކަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރެވޭނެ ފަހި ފުރުސަތު، އެފްއޭއެމްގެ އައު މެނޭޖްމަންޓުން، ސަރުކާރުގެ އެހީތެރިކަމާއެކު ވަނީ ފަހިކޮށްދީފައެވެ.
ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތްތައް ބޭއްވުމަށް ސަރުކާރުން ޙާއްސަ އިސްކަމެއްދޭ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ